ހައްޔަރުކުރި އިމިގްރޭޝަންގެ މުވައްޒިފުންގެ ވަނަވަރު އާންމުކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހައްޔަރުކުރި އިމިގްރޭޝަންގެ މުވައްޒިފުންގެ ވަނަވަރު އާންމުކޮށްފި އެވެ.
އިމިގްރޭޝަންގެ ބައެއްގެ މުވައްޒިފުން ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާ އެކަމާ ގުޅޭ އޮޕަރޭޝަނެއް ހިންގި ކަމަށް ފުލުހުން ބުނީ އިހަކަށް ރެ އެވެ.
އެ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރު ކުރި ކަމަށް ބުންޏެވެ. އަދި އޭގެ ފަހުން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.
ފުލުހުން މިރޭ ބުނީ އިތުރު މީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ވަނަވަރާ ފޮޓޯ ވެސް ވަނީ އާންމުކޮށްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް