ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް
ކުޅިވަރު 14 Jun 2026 | 03:33

ވޯލްޑްކަޕް 2026: ފަލަސްތީނުގެ ފުޓްބޯޅަ އިދާރާގެ ރައީސަށް އެމެރިކާގެ ވިސާ ނުދިން

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ދަތުރުކުރެއްވުމަށް ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސަށް އެމެރިކާގެ ވިސާ ނުލިބި، އޭނާ މެކްސިކޯގައި މަޑުކުރައްވަން ޖެހިއްޖެއެވެ.

ފަލަސްތީނުގެ ފުޓްބޯޅަ އިދާރާގެ ރައީސް ޖިބްރީލް ރަޖޫބް މިވަގުތު މެކްސިކޯ ސިޓީގައި މަޑުކުރައްވަމުން ގެންދަވަނީ އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ވިސާ ނުލިބުމުން ދުނިޔޭގެ އެކި ގައުމުތަކުގެ ފުޓްބޯޅަ ފެޑެރޭޝަންތަކުގެ ވެރިންނާއެކު ވޯލްޑް ކަޕްގެ ކަންކަމުގައި ބައިވެރިވެވަޑައިގަތުމަށް އޭނާއަށް ފުރުސަތެެއް ނުލިބުނެވެ.

ޖިބްރީލް ރަޖޫބް ވަނީ ބުރާސްފަތި ދުވަހު މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗު ބައްލަވާލެއްވުމަށް ވަޑައިގެންފައެވެ. ނަމަވެސް، އެމެރިކާގެ ވިސާ ނުލިބުމުގެ ސަބަބުން އޭނާ ހިމެނިވަޑައިގަންނަވަނީ ވޯލްޑް ކަޕްގެ އެކްރެޑިޓޭޝަން ލިބިފައިވީ ނަމަވެސް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބި ތިއްބެވި ބޭފުޅުންގެ ތެރޭގައެވެ.

މިކަމާ ގުޅޭގޮތުން ރަޖޫބް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ އާއި ގުޅުންހުރި ފަރާތްތަކަށް މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް އޮންނަ ހައްގަށް ހުރަސްއަޅައި، އެކަމުގެ ނާޖާއިޒު ފައިދާ ނެގުމަކީ އިންސާފެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ފަލަސްތީނަކީ މިއަހަރުގެ މުބާރާތަށް ކޮލިފައިވި ގައުމަކަށް ނުވި ނަމަވެސް، ފީފާގެ އާދަކާދައިގެ މަތިން ދުނިޔޭގެ ހުރިހާ ގައުމެއްގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ރައީސުންނަށް މިފަދަ ބޮޑެތި މުބާރާތްތަކަށް ދައުވަތު އަރުވައެވެ. މިއީ ފުޓްބޯޅައިގެ ތެރެއިން ދުނިޔެ އެއްބައިވަންތަކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

ވިސާގެ މި މައްސަލަ ހަމައެކަނި ފަލަސްތީނުގެ އިސްވެރިޔާއަށް އެކަނި ކުރިމަތިވި މައްސަލައެއް ނޫނެވެ. ސޯމާލިއާގެ ރެފްރީއަކަށާއި، އިރާގުގެ ގައުމީ ޓީމާއެކު ދަތުރުކުރި ފޮޓޯގްރަފަރަކަށް ވެސް އެމެރިކާގެ ވިސާ ނުލިބުމުގެ ސަބަބުން ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...