އުމްރާއަށް ފަހު ސައުދީގެ އިސް ފަރާތްތަކާ އިބޫ ބައްދަލުކުރައްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ގުޅިފައިވާ އިއްތިހާދުގެ ކެނޑީޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ސައުދީ އަރަބީއާއަށް ކުރައްވަމުން ގެންދަވާ އުމްރާ ދަތުރުގައި އެ ޤައުމުގެ އިސް އޮފިސަލުންނާއި ބައްދަލުކުރައްވައިފިއެވެ.
މިކަން ހާމަކޮށް އިންތިހާބީ ރައީސް ގެ އޮފީހުން ވަނީ ޓުވީޓެއް ކޮށްފައެވެ.

ޓުވީޓުގައި ވާގޮތުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރައްވައިފިކަމާއި، މި ދަތުރު ފުޅުގައި ސައުދީ އަރަބީޔާގެ އިސްފަރާތްތަކުން އެމަނިކުފާނާ ބައްދަލުކުރައްވައި މަރުހަބާ ދަންނަވާފައިވާކަމަށެވެ. ނަމަވެސް ބައްދަލު ކުރެއްވީ ކޮންކޮން ބޭފުޅުންނަކާ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
މި އުމްރާ ދަތުރުފުޅުގައި ކޯލިޝަންގެ ގައި ބައިވެރިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި، އަދާލަތް ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.
ރިޔާސީ އިންތިހާބަށް ފަހު ރައީސް ނަޝީދު ވެސް ވަނީ ސައުދީއަށް ވަޑައިގެން ސައުދީގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވާފައިކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ރައީސް ޔާމީންގެ އަނބިކަބަލުންވެސް އެދުވަސް ކޮޅު ހުންނެވީ ސައުދީގައި ކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް