އިސްލާމީ މަރުކަޒުގެ އިމާމަށް ބޭފުޅަކު ހަމަޖައްސައިިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމުގެ އިމާމުގެ މަޤާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.
މި މަގާމަށް އައްޔަންކޮށްފައިވަނީ ބ. ކެންދޫ، އެއްގަމުގެ އަލްއުސްތާޛު ނަޞްރުﷲ ޢަލީއެވެ.
އަލްއުސްތާޛު ނަޞްރުﷲ ޢަލީ މި މަޤާމަށް ޢައްޔަނު ކުރައްވައިފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައިކަން ފާހަގަކޮށްލެވެއެވެ.
ޤުރުއާނާއި، އިސްލާމީ ޢިލްމު އުނގަންނައިދިނުމުގައި މީގެ ކުރިން ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، އަލްއުސްތާޛު ނަޞްރުﷲ ޢަލީ އަކީ މިޞްރުގެ ޢަލްއަޒްހަރު ޔުނިވަރސިޓީއިން "ބެޗެލަރ އޮފް އަރޓްސް ޑިގްރީ އިން އިސްލާމިކް ޝަރީޢާ" ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް