އިންތިޚާބުގެ ޝަކުވާ ހުށައެޅުމުގެ ނިޒާމުގެ ތެރެއިން ރިޝްވަތުގެ މައްސަލަތައް ބެލެންވާނެ: ޓްރާންސްޕޭރެންސީ
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރޭގައި ޝަކުވާ ހުށައެޅުމުގެ ނިޒާމުގެ ތެރެއިން ރިޝްވަތުގެ މައްސަލަތައް ބެލެން ޖެހޭނެކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.
މިގޮތަށް އެ ޖަމްއިއްޔާއިން ވަނީ އިންތިޚާބުގެ ލަފާދޭ ކޮމެޓީގެ މިއަދު ބޭއްވުނު ބައްދަލުވުމަށްވެސް ޚިޔާލު ހުށަައަޅާފައެވެ.
ޓްރާންސްޕޭރެންސީން ބުނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ އިންތިޚާބު 2020އާ ގުޅިގެން އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އިންތިހާބާ ގުޅޭ ފުރިހަމަ ޝަކުވާ ހުށަހެޅުމުގެ ނިޒާމެއްގެ މުހިންމު ކަމާމެދު ޚިޔާލު ހުށައަޅާފައިވާާ ކަމަށެވެ.
އެގޮތުން އިންތިހާބާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ނިޒާމަކީ، ވޯޓު ގަތުމާއި އިންތިޚާބީ ރިޝްވަތު ފަދަ ބޮޑެތި މައްސަލަތައްވެސް ބެލޭނޭފަދަ ހަރުދަނާ ނިޒާމަކަށް ވާންޖެހޭކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ލޯކަލް ކައުންސިލް ތަކުގެ ނިޒާމަކީ ރައްޔިތުން މައުނަވީ ގޮތެއްގައި ތަމްސީލު ވާނެ ނިޒާމަކަށް ވުމުގެ މުހިންމު ކަމާމެދުވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ޚިޔާލު ފާޅުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް