ކަސައިޑޯ (ވ) އަދި ނިކޮލަސް ޖެކްސަން (ކ)
ކަސައިޑޯ (ވ) އަދި ނިކޮލަސް ޖެކްސަން (ކ)
ކުޅިވަރު 19 May 2024 | 21:16

ބޯންމައުތު އަތުން މޮޅުވެ، ޗެލްސީން ލީގު ނިންމާލީ 6 ވަނައިގައި

އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބޯންމައުތާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ޗެލްސީ އިން ކާމިޔާބުކޮށްފިއެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 38 މެޗުން ޗެލްސީއަށް 63 ޕޮއިންޓް ލިބިފައިވާއިރު، އެޓީމުން ސީޒަން ނިންމާލީ ލީގު ތާވަލުގެ ހަ ވަނައިގައެވެ. މިއާއެކު ޗެލްސީއަށް ޔޫރަޕްގެ ޖާގައެއް ވަނީ ކަށަވަރުވެފައެވެ. އަދި މިމެޗުން ބަލިވި ބޯންމައުތުން ލީގުގައި ކުޅުނު 38 މެޗުން ލިބުނު 48 ޕޮއިންޓާއެކު އެޓީމުން ސީޒަން ނިންމާލީ ލީގު ތާވަލުގެ 12 ވަނައިގައެވެ.

ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅުވެފައިވާއިރު، މިއީ 2020 ވަނަ އަހަރުގެ ފަހުން އެޓީމު ލީގުގައި ޖެހިޖެހިގެން ފަސް މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިދެޓީމު މިސީޒަނުގައި ބޯންމައުތުގެ ދަނޑުގައި ކުޅުނު މެޗު ނިމިފައިވަނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ދެޓިމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޗެލްސީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އެކުއެކޯ މިޑްފިލްޑަރު މޮއިސަސް ކައިސެޑޯ އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ޗެލްސީ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމުގެ ޒުވާން މިޑްފިލްޑަރު ކޯލް ޕަލްމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ.

ނަމަވެސް ޖެހިގެންއައި މިނެޓުގައި ބޯންމައުތުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑަކީ ބޯންމަތުގެ ކުޅުންތެރިއެއް ޗެލްސީގެ ގޯލަށް ފޮނުވާލި ހަމަލައެއް ދިފާއުކުރަން އުޅުމުގެތެރޭގައި ޗެލްސީގެ ޑިފެންޑަރު ބެނޮއިޓް ބަޑިއާޝިލޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-2 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ. އަދި ޕްރެމިއާ ލީގު ސީޒަން ނިމުނުއިރު، ލީގު ތާވަލުގެ ތަރުތީބު އޮތް ގޮތުން އަންނަ ސީޒަނުގައި ޗެލްސީ ވާދަކުރަންޖެހޭނީ ޔުއެފާ ކޮންފަރެންސް ލީގުގައެވެ. ނަމަވެސް އަން ހޮނިހިރު ދުވަހު ކުޅެވޭ އެފްއޭ ކަޕް ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި ސިޓީ ވާދަކުރާ މެޗުން ސިޓީ މޮޅުވެއްޖެނަމަ ޗެލްސީއަށް ޔުރޮޕާ ލީގުން ފުރުސަތު ލިބިގެންދާނެއެވެ. އަދި އޭރުން ޔުއެފާ ކޮންފަރެންސް ލީގުގެ ޖާގަ ލިބިގެންދާނީ ލީގު ތާޗަލުގެ ހަތްވަނައިގައި ސީޒަން ނިންމާލި ނިއުުކާސަލް ޔުނައިޓެޑަށެވެ.

ނަމަވެސް އެފްއޭކަޕް، މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފިނަމަ، ޔުރޮޕާ ލީގުގެ ދެވަނަ ޖާގަ ލިބިގެންދާނީ އެޓީމަށެވެ. އަދި ޗެލްސީ ވާދަކުރަންޖެހޭނީ ޔުއެފާ ކޮންފަރެންސް ލީގުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...