ދިވެހިރާއްޖެއަށް ބޮކްސިންގެ ކުޅިވަރު ތައާރަފްކުރަނީ
ދިވެހިރާއްޖެއަށް ބޮކްސިންގެ ކުޅިވަރު ތައާރަފްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ފިލިޕީންސްއިން ރާއްޖެއަށް ކަނޑުއަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ވިސެންޓެ ވިވެންސިއޯ އާއި ބައްދަލުކުރެއްވުމަށްފަހު ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރ ވިދާޅުވީ ފިލިޕީންސްގެ މަޝްހޫރު ބޮކްސިންގ ތަރި ކަމުގައިވާ މޭނީ ޕަކިއާއޯގެ އެހީތެރިކަމާއެކު ރާއްޖެއަށް ބޮކްސިން ތައާރަފް ކުރުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށެވެ.
އަދި މީގެ އިތުރުން ކުޅިވަރުގެ ދާއިރާއިން އެހީތެރިންކަން ފޯރުކޮށްދިނުމަށް ފިލިޕީންސްއާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުމާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް