ނ. މާފަރު މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ނ. މާފަރު މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
މާފަރު ކައުންސިލްގެ ނައިބު ރައީސް ޒަކަރިއްޔާ މުހައްމަދު ފުޅު ވިދާޅުވީ މަރުވެފައިވަނީ އެރަށު މީހެއްކަށް އުމުރުން 58 އަހަރުގެ އަލީ ރަޝީދުކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ ކަށިމަސް ހިފަން މޫދަށް އެރި އުޅެނިކޮށް ކަމަށްވެސް ޒަކަރިއްޔާ ވިދާޅުވިއެވެ. ޒަކަރިއްޔާ ފާހަގަކުރި ގޮތުގައި އެމީހުން މަސް ހިފަން ފޭބި ސަރަހައްދަކީ އިސްކޮޅު ޖެހޭ ތިލަ ސަރަހައްދެއް ކަމަށެވެ. އަދި އެ ސަރަހައްދަކީ އާންމުގެ އެރަށު މީހުން މޫދަށް އެރި އުޅޭ ސަރަހައްދެކެވެ.
ނ. މާފަރުންގެ މޫދުން މަރުވެފައި އޮތް މީހަކު ފެނިފައިވާއިރު މީގެ ދެތިން ދުވަސްކުރިން މާލޭގެ ކަރާ މާރކެޓް ކައިރީ މޫދުންވެސް ވަނީ މަރުވެފައިވާ ބިދޭސީއެއްގެ ހަށިގަނޑު ފެނިފައެވެ. އަދި މީގެ އިތުރުންވެސް ގޮތް ނޭނގޭ ގޮތައް އެތައް ބަޔަކު ފާއިތުވި ޖަނަވަރީ މަހުގެ ތެރޭގައި ވެސް ރާއްޖެއިން މަރުވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް