އެމްޑީޕީގެ ޖަގަހަތަކަށް ހަަމަލާ ދިނަސް ރައްދުނުދޭތި: ރައީސް ނަޝީދު
އެމްޑީޕީގެ ޖަގަހަތަކަށް ހަމަލާދިން ކަމުގައިވިޔަސް އެ ހަމަލާތަކުގެ ރައްދު ނުދިނުމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި މައްޗަންގޯޅި ދެކުނު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް އަހުމަދު ހައިތަމްގެ ޖަގަހަ އަށް ރޭ ދިން ހަމަލާތަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކެނޑިޑޭޓުންގެ ޖަގަހަތަކަށް ހަމަލާ ދިންނަަމަވެސް، އަދި އެ ހަމަލާތައް ދިނީ ކޮން ބައެއްކަން އެނގުނަސް އެމްޑީޕީގެ އެއްވެސް މެންބަރެއް ނުވަތަ ސަޕޯޓަރެއްވެސް ރައްދު ނުދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ކެތްތެރިވެ ހިތްވަރުގަދަ ކުރެއްވުމަށްވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
ރޭގެ ވަގުތެއްގައި ހައިތަމްގެ ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލައި، އެ ހިސާބުގައި ދަމާފައި ހުރި ބެނާތައް ނައްޓާލާފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް