މާލެއިން ނައިފަރަށް ފުރި ބޯޓެއް ދިޔަވާތީ ސިފައިން ހަރަކާތްތެރިވަނީ
މާލެއިން ޅ. ނައިފަރަށް ދަތުރުކުރި ބޯޓެއް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
ސިފައިން ބުނި ގޮތުގައި ނައިފަރަށް ދަތުރުކުރީ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ. އެ ބޯޓު ދިޔަވާތީވެ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވެ އެ ބޯޓުގެ ފަސް ފަޅުވެރިން ކޯސްޓުގާޑަށް ކްރާފްޓަށް ނަގައިފައިވާ ކަމަށް ވެސް ސިފައިން ބުންޏެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ސިފައިން ދަނީ އިލްތިމާސްކުރަމުންނެވެ.
އެހެން ނަމަވެސް ރޭ ވެސް މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް "އަލްމާކް ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓި ބަންޑުން ޖަހާލައި 7 މީހަކު ވަނީ ކަނޑުވެފައެވެ. އޭގެ ތެރެއިން 4 މީހަކު ސަލާމަތްކުރެވުނުއިރު، ގެއްލުނު 3 މީހުންގެ ތެރެއިން މިހާތަނަށް އެކަކު ފެނުނުއިރު އެ މީހާ ވަނީ ނިޔާވެފައެވެ.
ބާކީތިބި ދެ މީހުން އަދިވެސް ފެނިފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް