N/A
N/A
ވިޔަފާރި 04 Mar 2026 | 10:20

ދިރާގު ގޭމާސް ގިލްޑްގެ "ރޯދަ ކުއެސްޓް" މި ރޭ ފަށަނީ!

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) އިން ކުރިއަށްގެންދާ "ރޯދަ ކުއެސްޓް" މިރޭ ދިރާގު ހެޑް އޮފީހުގައި ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މިރޭން ފެށިގެން 8 މާރިޗުގެ ނިޔަލަށް، ފަސް ދުވަހުގެ މުއްދަތައް މި ހަރަކާތް ކުރިއަށްދާނެއެވެ.

ދިވެހިރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް ހާއްސަކޮށްގެން ބާއްވާ މި ފޯރިގަދަ ހަރަކާތުގައިމަގުބޫލު އެކި ގޭމުތައް ވަނީ ހިމަނައިފައެވެ. މިއީ ހުރިހާ ފެންވަރެއްގެ ގޭމް ކުޅޭ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ. "ރޯދަ ކުއެސްޓް" ކޮންމެރެއަކުވެސް ރޭގަނޑު 9:00 އިން ދަންވަރު 1:00 އަށް ކުރިއަށްދާނެއެވެ.

"ރޯދަ ކުއެސްޓް"ގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ. އެމް.އެލް.ބީ.ބީ، ޕަބްޖީ މޮބައިލް، އެފް.ސީ.26 އަދި ޓެކެން 8ގެ ރަޖިސްޓްރޭޝަން މިހާރު ނިމިފައިވީނަމަވެސް، 6 މާރިޗުން ފެށިގެން ކުރިއަށްދާނެ ޖީ.ޓީ.7 ރޭސިންގް ސިމިއުލޭޓަރ އަދިބީޓް ސޭބަރ ސެޝަންތަކުގައި ކުރިން ރަޖިސްޓްރީވުމަކާ ނުލައި، ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ. އަދި، ގޭމިންގްއަށް ޝައުގުވެރިވާ ހުރިހާފަރާތްތަކުން ވެސް މި ހަރަކާތްތަކުގައި ބައިވެރިވެ، ކޮންމެ ރެއަކުވެސް ތަފާތުތަޖުރިބާއެއް ކޮށްލުމަށް ދިރާގުން ދައުވަތު އަރުވައެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަންއޮތް ޖީލުތަކުގެ ގޭމިންގ ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއްކުރަމުންނެވެ.

ޑީ.ޖީ.ޖީ އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް dgg.mvމެދުވެރިކޮށް ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގައި "ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ކުރިއަށްގެންދަނީ
07 Oct 2026 ހަބަރު

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގައި "ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ކުރިއަށްގެންދަނީ

ބ. ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމަށް އަމާޒުކޮށްގެން ދިރާގާއި ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް (ސޮނެވާ ސީއެސްއެމް) ގުޅިގެން "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ...

ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް ދިރާގުން އިލްތިމާސްކޮށްފި
16 Sep 2026 ވިޔަފާރި

ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް ދިރާގުން އިލްތިމާސްކޮށްފި

ޑިވިޑެންޑް ޓެކުހާ ގުޅޭ ޤާނޫނީ ލާޒިމުކުރުންތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ބެލުމަށްފަހު އެ މަޢުލޫމާތު އަޕްޑޭޓުކުރުމަށް ދިރާގުން މިއަދު އިލްތ...

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ ގަތުމަށް ސަރުކާރުން ނިންމައިފި
07 Sep 2026 ހަބަރު

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ ގަތުމަށް ސަރުކާރުން ނިންމައިފި

އެމްޑީޕީގެ ސަރުކާރުގައި ވިއްކާލާފައިވާ ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދައި، ދިރާގުގައި ސަރުކާރުގެ އޮންނަ ހިއްސާ %51 އަށް ބޮޑު ކުރުމަށް ނިންމައިފިއެވެ. ވަޒީރުންގެ މަޖިލީހުން މި ނިންމ...

ކަނޑުފަޅުގެ މާހައުލަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވަން ދިރާގާއި ސީޑް ގުޅިއްޖެ
06 Sep 2026 ވިޔަފާރި

ކަނޑުފަޅުގެ މާހައުލަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވަން ދިރާގާއި ސީޑް ގުޅިއްޖެ

ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ކަނޑުފަޅުގެ ދިރުންތަކަށް އޮންނަ ހޭލުންތެރިކަން އިތުރުކޮށް، "އޯޝަން ލިޓްރެސީ" އަށް ބާރުއެޅުމުގެ މަޤްޞަދުގައި ސީޑް އިނީޝިއޭޓިވްއާ ގުޅިގެން މަސައްކަތްކުރަން ފަށައިފި ކަ...

ދިރާގު މާލެ އޯޕަން 2026ގެ ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދީފި
31 Aug 2026 ވިޔަފާރި

ދިރާގު މާލެ އޯޕަން 2026ގެ ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދީފި

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ސްޕޮންސަރކޮށް، ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި "ދިރާގު މާލެ އޯޕަން 2026" ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލުމަށްފަހު، އެ މު...

ދިރާގު މާލެ އޯޕަން 2026; 420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި!
24 Aug 2026 ވިޔަފާރި

ދިރާގު މާލެ އޯޕަން 2026; 420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި!

ދިރާގު މާލެ އޯޕަން 2026 ފެތުމުގެ މުބާރާތް 420 އަށް ވުރެ ގިނަ ފެތުންތެރިންގެ ބައިވެރިވުމާ އެކު ކާމިޔާބުކަމާ އެކު ނިންމައިލައިފިއެވެ. މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސް...