N/A
N/A
ހަބަރު 05 Nov 2018 | 11:21

ފޮޓޯގެ ހަޤީގަތް މިނިސްޓަރ މުއިއްޒު ހާމަކުރައްވައިފި

ބްރިޖާއެކު މާލެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގުގައި ތާޅައެޅުން ފެންވަރު ދަށްކަން ހާމަވާފަދަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން އެކަން ހިނގާފައިވާ ގޮތް ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒު ހާމަކުރައްވައިފިއެވެ.

ފޮޓޯއިން ފެންނަގޮތުގައި ތާރަ އަޅާފައިވާ ރިންގް ރޯޑް ތަރައްޤީކުރިއިރު ޖަންގްޝަންތަކާއި ދިމާލުން ފިލައެއް ވަނީ ނިކުމެފައެވެ.

މިނިސްޓަރ މުއިއްޒު އޭގެ ރައްދުގައި ވިދާޅުވެފައިވަނީ ޖަންގްޝަންގެ ލެވެލް އުސްކޮށް މަތިގަނޑު އަޅަން ޖެހޭ ކުންފުންޏަށް އެކަން ކުރަން ވަގުތު ބޭނުންވާތީ މަގު ހެދުން ލަސްނުކުރެވޭނެތީ މަގުހެދި އިރު ފިލައެއް ބާއްވާފައިވާ ކަމަށެވެ. އަދި މިގޮތަށް ހުރި ފިލާ ނަގާ މަގު ލެވެލްކޮށް މަތިއަޅަމުން ދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރިންގް ރޯޑް މަސްއޫއަކީ މާލެ ވަށައިގެންވާ ބޮޑުތަކުރުފާނުގެ ބޮޑުބައެއް އެއްފަހަރާ ބަންދުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަސްޢުއަކަށް ވާއިރު މި މަސައްކަތް ނިންމާފައިވަނީ ވީހާވެސް އަވަހަށް މަގުތައް ހުޅުވި މާލޭގެ ޓްރެފިކަށް ލުޔެއް ގެނައުމަށެވެ. އެގޮތުން މަގުގެ މަސައްކަތް ވަނީ 24 ގަޑިއިރު ކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.