އަދާލަތް ޕާޓީގެ ރައީސް އިމްރާން އާއި އިބޫ ބައްދަލުކުރައްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
12 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތް ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ރިޔާސީ އިންތިހާބް ކާމިޔާބުކުރެއްވި އިއްތިހާދު ގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައިފިއެވެ.
އިބޫ އިމްރާން އާއި ބައްދަލު ކޮށްފައި ވަނީ އިމްރާންގެ ގޭގައެވެ.
ޖަލު ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އިމްރާން ޖޫން މަހުގެ 26 ވަނަ ދުވަހުން ފެށިގެން ހުންނަވަނީ ގޭބަންދުގައެވެ.
މިދެބޭފުޅުންގެ ބައްދަލުވުމާ ބެހޭގޮތުން މިހާތަނަށް ދެ ޕާޓީންވެސް އެއްވެސް ކަމެއް ހާމަކޮށްފައެއްނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް