އާސެނަލް އާއި އެސްޓަން ވިލާ ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: އާސެނަލް
އާސެނަލް އާއި އެސްޓަން ވިލާ ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: އާސެނަލް
ކުޅިވަރު 31 Dec 2025 | 03:37

އެސްޓަން ވިލާ ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ އެސްޓަން ވިލާ ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފިއެވެ.

އަސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 1-4 ގެ ނަތީޖާއަކުންނެވެ. މި މެޗްގައި ފެނިގެންދިޔަ ހުރިހާ ލަނޑުތަކެއްވެސް ޖަހާފައިވަނީ ފަހު ހާފްގައެވެ.

މެޗްގައި އާސެނަލްއަށް ގޯލް ހުޅުވާލަދިނީ 48 ވަނަ މިނެޓް ތެރޭގައި މަގަލާއެސް އެވެ. އޭގެ ތިން މިނެޓްފަހުން ޒުބިމެންދީއެވެ. މެޗްގައި އާސެނަލުން ޖެހި ތިންވަނަ ލަނޑު ޓްރޮސާޑް ކާމިޔާބުކޮށްދިން އިރު ފަހުލަނޑު ޖަހައިދިނީ 78 ވަނަ މިނެޓް ތެރޭގައި ޖިސޫސް އެވެ.

މެޗްގައި އެސްޓަންވިލާއަށް ސުންކަނޑުވާލަދިނީ ވޮޓްކިންއެވެ. ރޭގެ މެޗްގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ އާސެނަލްއެވެ. އާސެނަލުން އެސްޓަން ވިލާގެ ގޯލަށް 7 ހަމަލާއެއް ފޮނުވާލިއިރު، އެސްޓަން ވިލާއިން ވެސް ވަނީ ލަނޑުޖަހާނެ ރަނަގޅު ފުރުސަތުތައް ހޯދާފައެވެ.

އާސެނަލުން ތާވަލްގެ ކުރީގައި އޮވެ މިއަހަރު ނިންމާލިއިރު، ކުޅުނު 19 މެޗުން އެޓީމަށް ވަނީ 45 ޕޮއިްނޓް ލިބިފައެވެ. ތާވަލްގެ ދެވަނާގައި އާސެނަލަށްވުރެ އެއްމެޗް މަދުންކުޅެ 40 ޕޮއިންޓާއެކު ސިޓީ އޮތްއިރު، އެސްޓަންވިލާ އޮތީ 39 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނާގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...