މި ކޯލިޝަން ގައި ޖޭޕީގެ ސައިޒް މާ ކުޑަ: ހާމިދް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މި ކޯލިޝަން ގައި ޖުމްހޫރީ ޕާޓީގެ ސައިޒް ވަރަށް ކުޑަކަމަށާއި ރައީސް ނަޝީދު ދޫކޮށްލަން ހުރަސް އަޅައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ބެހުމުގެ ވާހަކަދެއްކޭ ވަރަށް ވުރެމާ ކުޑަ ކަމުގައި އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ގަފޫރު ވިދާޅުވެއްޖެ އެވެ.
ހާމިދް މިހެން ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގައި އިލެކްޝަން ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ފުއާދް ތައުފީޤް ގެ ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.
ފުއާގުގެ ޓްވީޓްގައި އޭނާ ވިދާލުވެފައއިވަނީ ޖުމްހޫރީ ޕާޓީ އިން ބޭނުންވީ ޕީޕީއެމް އަށް ވުރެ މޮޅުވާންކަމަށާ ޕީޕީއެމް އިން ބޭނުންވީ ކޮންމެ ބަހަނާއެއް ދައްކައިގެންވިއަސް އިންތިހާބް ލަސްކޮށްގެން އެކަމުގެ ފައިދާ ނަގަން ކަމަށާ އެކަމުން ފައިދާ ވަރަށް ރަނގަޅަށް ޕީޕީއެމް އިން ވަނީ ނަގާފަކަމަށެވެ.
މިގެކުރިން ޖޭޕީގެ ލީޑަރ ވަނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތމާ ގުޅޭގޮުން އިން ޓްވީޓެއް ރިޓްވީތް ކުރެއްވުމުން މައްސަލަ ވަރައް ގޯސްވެފައވެ.
އޭގެ އިތުރުންވެސް މީގެ ދުވަސްކޮޅެއް ކުރިން ހާމިދުވަނީ ރާއްޖެ ޓީވީއަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ދެއްކެވި ވާހަކަފުޅަކާ ހަވާލާދީ ރާއްޖެ އެމްވީން ހަދާފައިވާ ޚަބަރެއް ޓެގްކުރައްވައިފަ ރިޔާޒް ތަންކޮޅެއް މައިތިރިކޮށް ހުންނަވަން ފެނިވަޑައިގަންނަވާކަމަށް ބުނެ ޓްވީޓް އެއް ކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް