މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ޓްރެފިކް ކުރުމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި އެވެ.
އެގޮތުން ހައްޔަރު ކޮށްފައިވަނީ 51 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ފިރިހެން މީހާގެ ބަންދު އަމުރުގައުވާ ގޮތުން، އޭނާ ހައްޔަރުކޮށްފައިވަނީ އެހެން މީހެއްގެ ނަމުގައި ރާއްޖެއަށް ގެނެސްފައިވާ ކަރުދާސް ފޮށިގަނޑެއް ބަލައި ގޮސް ހުއްޓަ އެވެ.
އަދި މި ފޮށިގަނޑުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން ކިލޯއަކަށްވުރެ ގިނަ ކަމަށްވެސް ބުނެފައުވެއެވެ.
ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް