ހިޔާ ޓަވަރު: ފޮޓޯ/ ވޮއިސް
ހިޔާ ޓަވަރު: ފޮޓޯ/ ވޮއިސް
ހަބަރު 25 Jan 2026 | 07:38

ހިޔާގެ 8 ޓަވަރުގެ އާ ލިފްޓުތައް ނިންމައި އާންމުންނަށް ހުޅުވާލައިފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން 8 ވަނަ ޓަވަރުގައި އިތުރަށް ހަރުކުރި ލިފްޓުތަކުގެ މަސައްކަތް އެއްކޮށް ނިންމައި، އާންމުންނަށް ހުޅުވާލާފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

މިއީ ހިޔާގެ 16 ޓަވަރުގައި އިތުރު 32 ސްޓްރެޗަރ ލިފްޓު ހަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޑީސީން އާންމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު (25 ޖެނުއަރީ 2026 ގެ ނިޔަލަށް)، ހިޔާގެ H1، H2، H3، H4، H5، H6، H7 އަދި H8 ޓަވަރުގެ ލިފްޓްގެ މަސައްކަތްތައް ވަނީ އެއްކޮށް ނިންމައި، އާންމުން ބޭނުންކުރުމަށް ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން H1 އިން ފެށިގެން H13 އާ ހަމައަށް ހުރި ޓަވަރުތަކުގެ ލިފްޓުތައް ހަރުކޮށް، ޓެސްޓު ކުރުމުގެ މަސައްކަތްތައް ވެސް ވަނީ ފައިނަލް ކުރެވިފައެވެ.

މީގެ އިތުރުން އެޗްޑީސީން ބުނެފައިވާގޮތުން، މުޅި މަޝްރޫއުގެ 89 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެގޮތުން ޑިޒައިން ކުރުމާއި، ސިވިލް މަސައްކަތްތަކާއި، ސްޓްރަކްޗަރަލް މަސައްކަތްތައް މިހާރު ވަނީ 100 އިންސައްތަ ނިމިފައެވެ. އަދި ލިފްޓު ހަރުކުރުމުގެ 86 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ކްލެޑިންގް އަދި ފިނިޝިންގް މަސައްކަތްތަކުގެ 62 އިންސައްތަ ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ އެންމެހައި ސްޓީލް އެރެކްޝަން މަސައްކަތްތައް 16 ޓަވަރުގައި ވެސް މިހާރު ނިމިފައިވާއިރު މަސައްކަތަށް ބޭނުންވާ ހުރިހާ ތަކެތި މިހާރު ސައިޓަށް ލިބިފައިވާ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު، H14، H15 އަދި H16 ޓަވަރުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު H9، H10، H11 އަދި H12 ގައި ކްލެޑިންގް އާއި ފްރޭމް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، H11 އަދި H12 ގެ ފްރޭމް ފެބްރިކޭޝަން މަސައްކަތް ވެސް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން H16 ގައި ފްލޯ ކަނެކްޝަން ނުވަތަ ޕްލެޓްފޯމްގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ބުންޏެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...