ބަޔަކު ޕިއްޒާ ކަނީ
ބަޔަކު ޕިއްޒާ ކަނީ
ވިޔަފާރި 16 Jun 2026 | 09:13

ދިރާގުޕޭ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ޕިއްޒާ ލިބޭ ޕްރޮމޯޝަނެއް

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

ދިރާގާއި ފިންޓެކުން ދިރާގުޕޭ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ޕިއްޒާ ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، އަންނަ ބްރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން، ކަމަށެވެ. އެގޮތުން ކޮންމެ އައުޓްލެޓަކުން ވެސް އޯޑަރ ކުރާ ފުރަތަމަ 500 ކަސްޓަމަރުން އެންމެ ރުފިޔާއަކަށް ޕިއްޒާ ލިބިގެންދާނެއެވެ. ހަމައެކަނި ޓޭކް-އަވޭ ހިދުމަތަށް ހާއްސަކޮށްފައިވާ މި ޕްރޮމޯޝަންގައި، ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް، އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓްރީވުމަށްފަހު ބައިވެރި ވެވޭނޭކަމަށް ދިރާގުން ބުނެއެވެ.

މި ފުޓުބޯޅަ މޫސުމާ ގުޅުވައިގެން ދިރާގު ފިންޓެކްއިން ތައާރަފުކުރި މި ޕްރޮމޯޝަނަކީ،  ފުޓްބޯޅައިގެ މި ފޯރިގަދަ ދުވަސްވަރު އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް ކަސްޓަމަރުންނަށް ފަހިކޮށްދީފައިވާ ރަނުގެ ފުރުސަތެއްކަމަށް ދިރާގުން ބުންޏެވެ. މީގެ ކުރިންވެސް ކުރިއަށް ގެންދިޔަ މިފަދަ ޕްރޮމޯޝަންތަކަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބި ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.

މިއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޕޭގެ މާޗަންޓުންނާއި ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފަރތައް ގެނެސްދިނުމަށް ދިރާގުޕޭއިން ދޭ އިސްކަން ދައްކުވައިދޭ ކަމެއްކަމަށްވެސް ބުންޏެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގައި "ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ކުރިއަށްގެންދަނީ
07 Oct 2026 ހަބަރު

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގައި "ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ކުރިއަށްގެންދަނީ

ބ. ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމަށް އަމާޒުކޮށްގެން ދިރާގާއި ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް (ސޮނެވާ ސީއެސްއެމް) ގުޅިގެން "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ...

ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް ދިރާގުން އިލްތިމާސްކޮށްފި
16 Sep 2026 ވިޔަފާރި

ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް ދިރާގުން އިލްތިމާސްކޮށްފި

ޑިވިޑެންޑް ޓެކުހާ ގުޅޭ ޤާނޫނީ ލާޒިމުކުރުންތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ބެލުމަށްފަހު އެ މަޢުލޫމާތު އަޕްޑޭޓުކުރުމަށް ދިރާގުން މިއަދު އިލްތ...

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ ގަތުމަށް ސަރުކާރުން ނިންމައިފި
07 Sep 2026 ހަބަރު

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ ގަތުމަށް ސަރުކާރުން ނިންމައިފި

އެމްޑީޕީގެ ސަރުކާރުގައި ވިއްކާލާފައިވާ ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދައި، ދިރާގުގައި ސަރުކާރުގެ އޮންނަ ހިއްސާ %51 އަށް ބޮޑު ކުރުމަށް ނިންމައިފިއެވެ. ވަޒީރުންގެ މަޖިލީހުން މި ނިންމ...

ކަނޑުފަޅުގެ މާހައުލަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވަން ދިރާގާއި ސީޑް ގުޅިއްޖެ
06 Sep 2026 ވިޔަފާރި

ކަނޑުފަޅުގެ މާހައުލަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވަން ދިރާގާއި ސީޑް ގުޅިއްޖެ

ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ކަނޑުފަޅުގެ ދިރުންތަކަށް އޮންނަ ހޭލުންތެރިކަން އިތުރުކޮށް، "އޯޝަން ލިޓްރެސީ" އަށް ބާރުއެޅުމުގެ މަޤްޞަދުގައި ސީޑް އިނީޝިއޭޓިވްއާ ގުޅިގެން މަސައްކަތްކުރަން ފަށައިފި ކަ...

ދިރާގު މާލެ އޯޕަން 2026ގެ ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދީފި
31 Aug 2026 ވިޔަފާރި

ދިރާގު މާލެ އޯޕަން 2026ގެ ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދީފި

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ސްޕޮންސަރކޮށް، ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި "ދިރާގު މާލެ އޯޕަން 2026" ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލުމަށްފަހު، އެ މު...

ދިރާގު މާލެ އޯޕަން 2026; 420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި!
24 Aug 2026 ވިޔަފާރި

ދިރާގު މާލެ އޯޕަން 2026; 420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި!

ދިރާގު މާލެ އޯޕަން 2026 ފެތުމުގެ މުބާރާތް 420 އަށް ވުރެ ގިނަ ފެތުންތެރިންގެ ބައިވެރިވުމާ އެކު ކާމިޔާބުކަމާ އެކު ނިންމައިލައިފިއެވެ. މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސް...