ޖަރުމަނުގެ ފެސްޓިވަލް ތެރެއިން ބަޔަކަށް ވަޅިން ހަމަލާދިނީ 26 އަހަރުގެ ސީރިއާ މީހާހައްޔަރުކޮށްގެން ގެންދަނީ:ފޮޓޯ/ އެކްސް
ޖަރުމަނުގެ ފެސްޓިވަލް ތެރެއިން ބަޔަކަށް ވަޅިން ހަމަލާދިނީ 26 އަހަރުގެ ސީރިއާ މީހާހައްޔަރުކޮށްގެން ގެންދަނީ:ފޮޓޯ/ އެކްސް
ދުނިޔެ 25 Aug 2024 | 08:09

ޖަރުމަނުގެ ފެސްޓިވަލް ތެރެއިން ބަޔަކަށް ވަޅިން ހަމަލާދިނީ 26 އަހަރުގެ ސީރިއާ މީހެއް!

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ފްރެންކްފާޓް (އޮގަސްޓް 25) - ޖަރުމަނުގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ސޮލިންގެންގައި ތޫނު އެއްޗަކުން ހަމަލާދީ ތިން މީހަކު މަރާލައި އަށް މީހަކު ޒަހަމްކޮށްލި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ އުމުރުން 26 އަހަރުގެ ސީރިއާ ފިރިހެނެއް ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

ޑުސެލްޑޯފް ފުލުހުންނާއި ޕްރޮސެކިއުޓަރުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ތުހުމަތު ކުރެވޭ މީހާ އަމިއްލައަށް ކުށަށް އިއުތިރާފުވެފައިވާ ކަމަށެވެ.

މި މީހާއަކީ ހޮނިހިރު ދުވަހު ބަލައި ފާސްކުރި ސޮލިންގެންގައި ރެފިއުޖީން ދިރިއުޅޭ ގެއަކާ ގުޅިފައިވާ މީހެއް ކަމަށް އޮފިޝަލުން ބުނުފައިވެއެވެ.

ސަލާމަތީ ބާރުތަކާ ހަވާލާދީ ޑާ ސްޕީގަލް ވިދާޅުވީ ތުހުމަތު ކުރެވޭ މީހާގެ ފޭރާންތަކުގައި ލޭ ހުރިކަމަށްށެވެ.

ސްޕީގަލް ރިޕޯޓާ ގުޅޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އިން ހޮނިހިރު ދުވަހު އެ ޖަމާއަތުގެ ޓެލެގްރާމް އެކައުންޓުގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހަމަލާ ދިން މީހާއަކީ "އިސްލާމިކް ސްޓޭޓްގެ ސިފައިންގެ މީހެއް" ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް