އެމްޑީޕީގެ އިންތިޚާބުގައި މައްސަލަތަކެއް ހުރިކަމަށް ތުހުމަތުކޮށްފި
އިއްޔެ ބޭއްވުނު އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގައި މައްސަލަތަކެއް ހުރިކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.
އެގޮތުން އެ އިންތިޚާބުގައި ނައިބު ރައީސްކަމުގެ މަގާމަށް ވާދަކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ ކެމްޕެއިން ޓީމުން ކުރި ޓްވީޓެއްގައި ބުނީ އިންތިޚާބުގައި އަދި ވޯޓުގައި މައްސަލަތަކެއް ހުރިކަމަށް ޝައްކު ކުރެވޭތީ އެފަދަ މައްސަލަތައް ދެނެގަނެ ބަަލަމުންދާ ކަމަށެވެ.
އަދި އެފަަދަ ކަމެއްގެ މައުލޫމާތު އެނގޭނަމަ ވައިބަރ މެދުވެރިކޮށް 9120975 ނަންބަރަށް މެސެޖް، ފޮޓޯ އަދި ވީޑިޔޯ ފޮނުވައިދިނުމަށް ވަނީ އެދިފައެވެ.
އެމްޑީޕީގެ ނައިބު ރައީސްކަމަށް މިހާރުވެސް އެމަގާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް އައްޔަންކޮށްފައިވަނީ 13،233 ވޯޓުންނެވެ. ޝިފާާޒާއި ވާދަކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ލިިބިލެއްވީ 9957ވޯޓެވެ.
މިއީ މިހާތަނަށް އިއުލާންކުރެވުނު 172 ވޯޓުފޮށީގެ ނަތީޖާއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް