ރައީސް ޔާމީން އުޅުއްވަނީ ކުއްލި ހާލަތު އިއުލާން ކުރަން: ސުއޫދު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އުޅުއްވަނީ މިރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
މިރޭ ކުރެއްވި ޓުވީޓެއްގައި ސުއޫދު ވިދާޅުވީ ޔާމީން ބޭނުންވިޔަސް މިރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރެވޭނެ ކަމަށެވެ. އަދި ޕޮލިސް ކޮމިޝަނަރު ބަދަލުކުރިޔަސް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ހައްޔަރެއް ވެސް ނުކުރެވޭނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.

އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ ހަޖަމު ކުރުމަށް ވެސް ސުއޫދު ވަނީ ގޮވާލާފައެވެ.
މިހާރު ވަނީ މި ޓްވީޓް ޑިލީޓް ކޮށްފައިކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް