ދިއްދޫދާއިރާ ކެނޑިޑޭޓް މުހައްމަދު ހަސަންގެ ތަސައްވަރު ވަރަށް ފުރިހަމަ
މަޖިލީހަށް ވާދަކުރައްވާ ކޮންމެ ކެނޑިޑޭޓެއް ވެސް އަންނަނީ އެ ކެނޑިޑޭޓެއްގެ ތަސައްވަރާއި އެކެނޑިޑޭޓަކު ރައްޔިތުންނާއި ގާތުން ކޮށްދެއްވާނެ މަސައްކަތްތައް ބަޔާން ކޮށްދެއްވަމުންނެވެ.
އެގޮތުން ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ދިއްދޫދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ ހަސަން މުހައްމަދުވެސް އެފަދައިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މުހައްމަދު ހަސަން މަޖިލީހަށް ހޮވިއްޖެނަމަ ސަރުކާރު ޒިންމާދާރު ކުރުވަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
އަދި ރައްޔިތުންގެ މަންފާއަށްޓަކައި ޓުއަރިޒަމް ދާއިރާ އިތުރަށް ފުޅާކުރުމަށް ކުރަންޖެހޭ ކަންތައްތައް ބަޔާންކޮށް މަޖިލީހަށް ބިލެއް ހުށަހެޅުުމުގެ އިތުރުން މިނިމަން ވޭޖާއި އެމެންޖެންސީ ޗުއްޓީގެ އިތުރުން ޗުއްޓީ ދިނުމުގައި މިހާރު ގެންގުޅޭ އުސޫލުތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް މުހައްމަދު ހަސަން ވިދާޅުވިއެވެ.
މީގެ އިތުރުން ދިއްދޫ ދާއިރާގައި ޓާޝިއަރީ ހޮސްޕިޓަލެއް އިމާރާތް ކުރުމަށް މަސައްކަތް ކުރުމުގެ އިތުރުން ދާއިރާގެ ރަށްތަކުގެ އައުޓްޑޯ ޖިމްތައް ހެދުމަށް މަސައްކަތް ކުރާނެކަމަށް މުހައްމަދު ހަސަން ވަނީ ވިދާޅުވެފައެވެ.
އަދި މަޖިލީހަށް ހުށަހަޅާ ބޮޑެތި ބިލްތަކަށް ރަށުގައި ފޯރަމްތައް ބާއްވައިގެން ރައްޔިތުންގެ ޚިޔާލުހޯދާނެ ކަމަށާއި، އިސްލާމްދީނާއި ދިވެހި ބަހަށް އުނިކަމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް އެބޭފުޅާ ވަނީ ވިދާޅުފައެވެ.
ސަރުކާރުން ރައްޔިތުންގެ ތަރައްގީއަށް ކުރާ ކޮންމެ ކަމަކަށް ފުރިހަމަ އެއްބާރުލުމެއް ދޭނެކަމަށާއި، ސަރުކާރު ޒިންމާދާރު ކުރުވުމަށްވެސް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް މުހައްމަދު ހަސަން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް