މިއަންނަ ސީޒަނުގައި ވީއޭއާރް ޔުއޭފާ ޗެންޕިއަންސް ލީގަށް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
2019-20 ސީޒަނުގައި ވިޝުއަލް އެސިސްޓެންޓް ރެފްރީސް (ވީއޭއާރް) ބޭނުންކުރާނެ ފަށާނެކަމަށް ޔުއޭފާއިން އިއުލާނުކޮށްފިއެވެ. ޗެންޕިއަންސް ލީގުގެ އިތުރުން 2019 ވަނަ އަހަރުގެ ސުޕަ ކަޕާއި ޔޫރޯ 2020 ގައިވެސް ވީއޭއާރް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޔޫރޯޕާ ލީގްގައި 2020-21 ސީޒަނުގައި ވީއޭއާރް ބޭނުން ކުރަން ފެއްޓުމަށް ހަމަޖެހިފައި އޮތް އިރު ނޭޝަންސް ލީގުގައި ވީއޭއާރް ބޭނުން ކުރަން ފަނާނީ 2021 ވަނަ އަހަރުއެވެ.
ފީފާ ވޯލްޑް ކަޕް 2018 ގައި ވީއޭއާރް ވަނީ ބޭނުންކޮށްފައެވެ. ވީއޭއާރްގެ ސަބަބުން މެޗުގެ ފޯރި ގެއްލޭކަމަށާއި އެއީ ފުޓްބޯޅަ މެޗުތަކުގައި ބޭނުން ކުރަން ރަނގަޅު އެއްޗެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކުވަނީ ފާޑުކިޔާފައެވެ.
އޮސްޓްރޭލިއާގެ އޭ ލީގް އަދި އިނގިރޭސި ލީގް ކަޕްގައި ވީއޭއާރް މިހާރުވެސް ދަނީ ބޭނުން ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް