ސަލާމަތީ ބާރުތަކުން ބައިއަތު ހިފާނެ ކަމަކަށް ގަބޫލެއް ނުކުރަން: އަބްދުﷲ ރިޔާޒު
ގާނޫނާ ހިލާފުވާ ފަރާތްތަކަށް ސަލާމަތީ ބާރުތަކުން ބައިއަތު ހިފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ރިޔާޒު މިހެން ވިދާޅުވީ، ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ސެމިނާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާއި ސިފައިން "އަނެއް ފަލްސަފާ" އަށް ލެނބި "އަނދިރި ދައުލަތަށް" ބައިއަތު ހިފާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
ރިޔާޒުގެ ޓުވީޓުގައި ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ހިދުމަތުގައި ތިބި ގިނަ މީހުންނަކީ ގައުމަށް ތެދުވެރި، ގައުމުދެކެ ލޯބިވާ ހިދުމަތްތެރިން ކަމަށެވެ.
ގާނޫނާ ހިލާފު އަމަލުތައް ހިންގާ ފަރާތްތަކަށް އެ މުއައްސަސާ ތަކުން ބައިއަތު ހިފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް