ލިއޮނެލް މެސީ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު.. ފޮޓޯ: އިންޓަރ މަޔާމީ
ލިއޮނެލް މެސީ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު.. ފޮޓޯ: އިންޓަރ މަޔާމީ
ކުޅިވަރު 24 Oct 2025 | 05:09

މެސީ އިންޓަރ މަޔާމީއާއެކު އެއްބަސްވުން އައުކޮށްފި

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް އެމެރިކާގެ މޭޖަރ ލީގުގެ ކްލަބް އިންޓަރ މަޔާމީގައި އިތުރު 3 އަހަރު މަޑުކުރުމަށް ނިންމައިފިއެވެ.

މަޔާމީން ވަނީ މެސީ އެ ކްލަބްގައި 2028 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރުމަށް ނިންމާފައިވާކަން ޔަގީންކޮށްދީ، އައު އެއްބަސްވުމުގައި ސޮއިކުރި ފޮޓޯތައް އާއްމުކޮށްފައެވެ. ކްލަބުން ބުނީ މެސީ އާއެކު އައު އެއްބަސްވުމަކަށް ދިޔައީ ދެފަރާތުންވެސް އެކަމަށް ބޭނުންވެގެންނެވެ.

އިނގިރޭސި ފުޓްބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ މޭޖަރ ލީގްގެ ކްލަބް އިންޓަރ މަޔާމީއަށް މެސީ ބަދަލުވީ 2023 ވަނަ އަހަރެވެ. އެ ކްލަބަށް ބަދަލުވުމަށްފަހުވެސް މެސީ ދިޔައީ އޭނާގެ ހުނަރު ދައްކަމުންނެވެ. މެސީ މަޔާމީއަށް ބަދަލުވުމާ ގުޅިގެން އެމެރިކާގެ ފުޓްބޯޅައިގެ ފޯރި ގަދަވެގެން ދިޔައިރު، އެ ކްލަބްގެ މަގްބޫލުކަންވެސް ވަނީ ވަރަށްބޮޑަށް އިތުރުވެގެން ގޮސްފައެވެ.

މަޔާމީއަށް މެސީ ބަދަލުވުމުގެ އެންމެބޮޑު އެއް ސަބަބަކީ ޑޭވިޑް ބެކަމް އެވެ. އުމުރުން 38 އަހަރުވިނަމަވެސް މެސީ އަންނަނީ މޭޖާ ލީގްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މަޔާމީއަށް ބަދަލުވުމަށްފަހު ކުޅުނު 53 މެޗްގައި މެސީ ވަނީ 50 ގޯލް ޖަހާފައެވެ.

މެސީއާއެކު މަޔާމީ ޓީމުގައި ހިމެނޭ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ޖޯޑީ އަލްބާ، ލުއިސް ސުއަރޭޒް، ސާޖިއޯ ބުސްކެޓް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...