ރައީސް ޔާމީން މިނިވަންކުރުމަށް އެދި ޕްރޮގްރެސިވް ކޯލިޝަނުން ރައީސް ޞާލިހުގެ އަރިހަށް!
މަނީ ލޯންޑްރިންގގެ ދައުވާ ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް އެދި ޕްރޮގްރެސިވް ކޯލިޝަނުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ބައްދަލުކުރުމަށް ނިންމައިފިއެވެ.
އެގޮތުން މިއަދު ހަވީރު ރައީސް ޞާލިހާއި ޕީއެންސީ އަދި ޕީޕީއެމްގެ އިސްވެރިން ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށްފަހު ނޫނީ މަސައްކަތް ހުއްޓާނުލާނެކަމަށް މީގެ ކުރިން ބުނެފައެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމާއި ގުޅިގެން އިދިކޮޅުން ދަނީ އެކަމާއި ނުރުހުން ފާޅުކޮށް ޕީޕީއެމް އޮފީސް ކުރިމަތީގަޔާއި، ކާނިވާ ސަރަހައްދުގައި މުޒާހަރާ ކުރަމުންނެވެ.
އެ އެއްވުންތައް ރޫޅައިލުމަށް ފުލުހުން ކުރާ މަސައްކަތަށް ހުރަސްއެޅުމުން ބައެއް ފަރާތްތައް ހައްޔަރުކުރާއިރު، ބައެއް މީހުންނަށް އަނިޔާވެސް ލިބިފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް