ދެކުނު ކެލިފޯނިއާގެ ފްރީވޭއަކަށް މަތިންދާ ބޯޓެއް ޖައްސައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދަސްކުރާ މީހަކު ދުއްވަމުން ދިޔަ ކުޑަ މަތިންދާ ބޯޓެއް އެމެރިކާގެ ދެކުނު ކެލިފޯނިއާގެ ފްރީވޭއަކަށް ޖައްސައިފިއެވެ.
އެގައުމުގެ ނޫސްތަކުން ހަބަރު ދޭގޮތުގައި އެ މަތިންދާ ބޯޓު ފްރީވޭގައި ޖައްސަން ޖެހުނީ އޭގެ އިންޖީނުގައި މައްސަލައެއް އުޅޭތީ އިމެޖެންސީ އެއްގައި ކަމަށެވެ.
ހައިވޭ ޕެޓްރޯލް ކުރާ ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ މަތިންދާ ބޯޓު ފްރީވޭއަށް ޖައްސާފައިވަނީ އެއްވެސް މީހަކަށް އަދި އުޅަނދަކަށްވެސް ގެއްލުމެން ނުޥާނެހެން ރައްކާތެރި ކަމާއެކުއެވެ.
ކަމާބެހޭ ފަރާތްތަކުން ހާމަކުރިގޮތުގައި އެވަގުތު އެ މަތިންދާ ބޯޓުގައި ތިބީ 25 އަހަރުގެ ޕައިލެޓަކާއި 36 އަހަރުގެ ޕައިލެޓުކަން ދަސްކުރާ ދަރިވަރެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް