ފަރެސްމާތޮޑާގައި ޖުޒާމް ބަލި ފެތުރެން ފަށައިިފި
ގދ.ފަރެސްމާތޮޑާގައި ޖުޒާމް ބަލި ފެތުރެމުންދާތީ އެރަށު ރައްޔިތުން ސްކްރީންކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
އެރަށު ސިއްހީ މަރުކަޒުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ލެޕްރަސީ ނުވަަތަ ޖުޒާމް ބަލި މިހާރު ދަނީ ފަރެސްމާާތޮޑާގައި ދަނީ ފެތުރެމުންކަަމަށެވެ. އެގޮތުން ފަރުވާ ދެމުންދާ ބަލިމީހުން އެރަށުގައި ދިރިއުޅެމުންދާކަމަށް ވަނީ ބުނެފައެވެ. މި ބައްޔަކީ ނުރައްކާތެރި އަދި ކޮންމެ އިންސާނަކަށްވެސް ޖެހިދާނެކަމަށް ވަނީ ބުނެފައެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ މިބައްޔަކީ ވަރަށް ނުރައްކާތެރި ކޮންމެފަދަ އިންސާނަކަށްވެސް ޖެހިދާނެ ފަދަ ބައްޔެއްކަމަށާއި އެހެންކަމުން މި ބަލި ކޮންޓްރޯލް ކުރުމަށް ކުރެވެން އޮތް އެންމެ މުހިއްމު މަސައްކަތަކީ ބަލީގެ ކުރީކޮޅު ބަލި ދެނަގަނެ ފަރުވާދިނުންކަމަށެވެ.
އެގޮތުން އެރަށުގައި ދިރިއުޅޭ ކުދިބޮޑު އެންމެންނަށް އަމާޒުކޮށްގެން މިއަހަރުގެ ޖުލައި މަހުގެ ފަހުކޮޅު އެޗްޕީއޭއިން ސްކްރީނިންގ ޕްރޮގްރާމެއް ގެންދިޔަކަމަށެވެ.
ނަމަވެސް އެކަށީގެންވާ ވަރަށް މީހުން އައިސްފައި ނުވާތީ މިމަހުގެ 20-24އަށް ވަނީ ސްކްރީނިންގެއް ކުރިއަށް ގެންގޮސްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް