ބީއެމްއެލް އޭޓީއެމެއްގެ އިތުރުން ބްރާންޗެއް ނޮޅިވަރަންފަރުގައި ހުޅުވައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ހދ.ނޮޅިވަރަންފަރުގައި ހުޅުވައި ހިދުމަތްދޭން ފަށައިފިއެވެ.
ބީއެމްއެލްގެ ބްރާންޗެއް ނޮޅިވަރަންފަރުގައި ހުޅުވައިދެއްވީ އެރަށަށް ކުރެއްވި ދަތުރުފުޅޫގެ ތެރެއިން ރައީސުލްޖުމްހޫރުިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. ބީއެމްއެލްގެ ބްރާންޗަކާއެކު އެރަށުގައި ވަނީ އޭޓީއެމެއްވެސް ގާއިމްކޮށް ހިދުމަތްދޭން ފަށާފައެވެ.
ބީއެމްއެލުން ބުނީ ނޮޅިވަރަންފަރުގައި ގާއިމްކޮށްފައިވަނީ ސެލްފް ސާވިސް އޭޓީއެމެއް ކަމަށާއި، އެ އޭޓީއެމުން 24 ގަޑިއިރު، ފައިސާ ނެގުމުގެ ހިދުމަތާއި ޓްރާންސްފާކުރުމުގެ އިތުރުންވެސް އިތުރު ހިދުމަތްތައް ލިބޭނޭކަމަށެވެ. ބީއެމްއެލުން ނޮޅިވަރަންފަރުގައި ގާއިމްކޮށްފައިވަނީ، އެ ބޭންކްގެ އިސްލާމީ ބޭންކުގެ ގޮތްޕެކެވެ. މި ގޮފި މެދުވެރިކޮށް ބޭންކިންގެ ހުރިހާ ހިދުމަތެއް ލިބޭނޭކަމަށް ބީއެމްއެލުްނ ބުނެއެވެ.

ރައީސް އަތޮޅުތެރޭގެ ރަށްތަކަށް މިފަހުން ކުރެއްވި ދަތުރުފުޅުގައި 11 ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފެށިއިރު މީގެ ތެރޭގައި ދެ ރަށެއްގައި ވަނީ ޑޮލަރު އޭޓީއެމް ބަހައްޓާފައެވެ. ޑޮލަރު އޭޓީއެމް ބެހެއްޓި ދެ ރަށަކީ އއ ތޮއްޑޫ އަދި އުކުޅަހެވެ. މިއީ ފުޅާދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ދެ ރަށެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު މީހުން ދިރިއުޅޭ 100 ރަށުގައި އޭޓީއެމް ބެހެއްޓައި ހިދުމަތް ދިނުމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް