ތިލްމީޒާގެ މަގާމުގެ ފަތްކޮޅު ރައީސް ޓްރަމްޕަށް އަރުވައިފި
ދިވެހިރާއްޖޭގެ ފަރާތުން އެމެރިކާއަށް ކަނޑައަޅާފައިވާ ސަފީރު ތިލްމީޒާ ހަސަން، އެކަމަނާގެ މަގާމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވައިފިއެވެ.
ތިލްމީޒާގެ މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ އިއްޔެ ވައިޓް ހައުސްގައި އޮތް ރަސްމިއްޔާތެއްގައެވެ.
ސަފީރު ކަމަށް އައްޔަންކުރުމުގެ ކުރިން ތިލްމީޒާ ހުންނެވީ، ނިއު ޖާޒީގެ ރަމަޕޯ ކޮލެޖްގެ އެޑްޖަންކްޓް ޕްރޮފެސަރ އޮފް ސަސްޓެއިނެބިލިޓީގެ މަގާމުގައާއި، ޔުނައިޓެޑް ސްޓޭޓްސް ކްލައިމެޓް އެކްޝަން ނެޓްވޯކްގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯ-ޗެއާރ ގެ މަގާމުގަ އެވެ.
ތިލްމީޒާ މީގެ ކުރިން ވަނީ، ޕާމަނަންޓް މިޝަން އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ޓު ދަ ޔުނައިޓެޑް ނޭޝަންސްގެ ޑެޕިޔުޓީ ޕާމެނެންޓް ރެޕްރެޒެންޓޭޓިވް ކަމާއި، އެމެރިކާއާއި ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިޔުޓީ އެމްބެސެޑަރު ގެ މަގާމު ވެސް އަދާ ކުރައްވާފައެވެ.
ތިލްމީޒާއަކީ އެމެރިކާގެ ކޮލޮރާޑޯ ޓެކްނިކަލް ޔުނިވާސިޓީއިން މާސްޓާ އޮފް ސައިންސް އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް