ބަންގްލަދޭޝްގެ އިރުމަތީ ސަރަޙައްދުގައި ފެންބޮޑުވެ 15 މީހުން މަރުވެއްޖެ
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
ބަންގްލަދޭޝްގެ އިރުމަތީ ސަރަޙައްދުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 15 މީހުން މަރުވެފައިވާކަމަށް އަލް-ޖަޒީރާއިން ބުނެފިއެވެ.
މި ހާދިސާގައި މިލިއަނުން މީހުން ގޭގައި ބަންދުވެ، މުވާސަލާތީ ޚިދުމަތްތަކާއި ކަރަންޓު ކެނޑި، އަދި މަގުތައް ބަންދުވެފައިވާ ކަމަށް ބަންގާޅުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މީގެއިތުރުން ފެންބޮޑުވުމުގެ ސަބަބުން އެ ސަރަޙައްދުގެ ގިނަ ރަށްތަކުގައި ދަތުރުފަތުރު ކުރުމަށް ދަތިވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ކަރަންޓް ކެނޑުމާއި މުއާސަލާތުގެ ހިދުމަތްތައް މެދުކަނޑިފައިވާއިރު އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރު ކުރުމަށް ހުރި ގޮންޖެހުންތައްކަމަށް ބަންގާޅުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. މިކަންކަން މިހެން ހުރުމުން މަރުވި މީހުންގެ އަދަދު އިތުރުވުން ގާތްކަމަށް އެފަރާތްތަކުން ބުނެއެވެ.
ބަންގާޅު ސިފައިން އަދިވެސް ދަނީ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް