ޤާސިމްގެ ރީޓްވީޓް: އެކަން ކުރީ އެއީ ޤާނޫނީ އަދި ދީނީ ގޮތުންވެސް ރަނގަޅު ވާހަކައަކަށް ވާތީ - ޤާސިމް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރާއީސް ނަޝީދު ރާއްޖެ ވަޑައިގަތުމާ ދެކޮޅަށް އަލްހާން ފަހުމީ ކުރެއްވި ޓްވީޓެއް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ރިޓްވީތްކުރެއްވުމުން ގިނަބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ޤާސިމް ރައްދު ދެއްވައިފިއެވެ.
އެގޮތުން ޤާސިމް މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ "އަޅުގަނޑު އަލްހާން ފަހުމީގެ ރީޓްވީޓް ކުރީ އޭނާ ވިދާޅުވީ ޤާނޫނީ ގޮތުންނާއި ދީނީ ގޮތުން ބެލިޔަސް ރަނގަޅު ވާހަކައަކަށް ވާތީ! ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅެއްގެ މާނާގައ ވަނީ، ބަސް ބުނި މީހާއަށް ނުބަލާށޭ، ބުނި ބަހަށް ބަލާށޭ!" އެވެ.
Alhugandu @AlhanFahmy Retweet Kuree Eynaa Vidhaalhuvee Qaanoonee Gothunaai Dheenee Gothun Beliyas Rangalhu Vaahaka’akah Vaathee!
— Qasim Ibrahim (@qasimibrahim) October 10, 2018
Keerithi Rasoolaage Hadhees Basfulhehge Maanaigaa Vanee, Bas Buni Meehaayah Nubalaashey, Buni Bahah Balaashey!
މައްސަލަ ބޮޑުވި އަލްހާންކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ޝަރީއަތުން ނިންމާފައިވާ ކަންކަން ޝަރީއަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ ކަމަށާއި، ވެރިކަން ލިބުނީމާ ގާނޫނާ ހިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދު ވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށެވެ.
މިކަމާ ގުޅިގެން މީސް މީޑިއާގައި އެމްޑީޕީގެ އެކްޓިވިސްޓުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެމީހުން ބުނަނީ މި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުގައި ރައީސް ނަޝީދުގެ ވަރަށް ބޮޑު ރޯލެއް އޮވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް