ބްރެޒިލްގެ ވެއްޓުނު މަތިނަދާ ބޯޓު:ފޮޓޯ/އަލް- ޖަޒީރާ
ބްރެޒިލްގެ ވެއްޓުނު މަތިނަދާ ބޯޓު:ފޮޓޯ/އަލް- ޖަޒީރާ
ދުނިޔެ 28 Aug 2024 | 12:18

ބްރެޒިލްގެ މަތިންދާބޯޓެއް ވެއްޓި 62 މީހުން މަރުވި މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލައިފި

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ބްރެޒިލްގައި މި މަހުގެ ކުރީކޮޅު މަތިންދާބޯޓެއް ވެއްޓި 62 މީހުން މަރުވި މައްސަލަ ތަހުގީގުކޮށް ބެލުމަށް ކޮމިޓީއެއް އެކުލަވާލަން އެ ގައުމުގެ ކޮންގްރެސް އިން ނިންމައިފި އެވެ.

ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓްތައް ތަހުގީގު ކުރާ ޖަމިއްޔާއެއް ކަމަށްވާ ސެނިޕާގެ އިންކުއަރީއެއް ޓްރެކް ކުރުމުގެ މަސައްކަތް ހަވާލުކުރި 37 މެމްބަރުންގެ ކޮމިޓީއެއް އުފެއްދުމުގެ ހުއްދަ މިދިޔަ ހަފުތާގައި ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާތަރް ލީރާ ވަނީ ދީފަ އެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ވިޗް ހަންޓެއް ކުރިއަށް ގެންދިއުން ނޫން،" ކޮންގްރެސް ގެ މެމްބަރު ނެލްސީނިއޯ ޕަޑޯވާނީ ވިދާޅުވި އެވެ. "އަޅުގަނޑުމެން ހުށަހަޅަން ބޭނުންވަނީ ދެން އެހަލަ ހާދިސާއެއް ނުހިންގާނޭ ގޮތަށް ފިޔަވަޅުތައް އަޅަން ކަމަށްވެސް އޭނާވަނީ ބުނެފައެވެ.

ސަރަޙައްދީ އެއާލައިން ވޮއިޕާސް އިން އޮޕަރޭޓްކުރާ އޭޓީއާރު 72-500 މަރުކާގެ މަތިންދާބޯޓެއް ސައޯ ޕައުލޯގެ އުތުރުން ގާތްގަނޑަކަށް 80 ކިލޯމީޓަރު (50 މޭލު) ދުރުގައި އޮންނަ ވިންހެޑޯ އަވަށަށް ވެއްޓުނު ހާދިސާއަކީ ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭގައި ބްރެޒިލްގައި ހިނގި އެންމެ ނުރައްކާތެރި އޭވިއޭޝަން އެކްސިޑެންޓްކަމަށްވެސް ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް