ލުބުނާން:ފޮޓޯ/އަނަޑޯލް
ލުބުނާން:ފޮޓޯ/އަނަޑޯލް
ދުނިޔެ 19 Sep 2024 | 05:17

ލުބުނާންގައި ޑިވައިސްތައް ގޮވައިގެން މަރުވި މީހުންގެ އަދަދު 20 އިން މައްޗަށް!

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

އިސްރާއީލުން ސައިބަރ ހަމަލާތަކެއް އިއްޔެ ލުބުނާނުގެ ވަޔަރލެސް މުވާސަލާތީ އާލާތްތަކަށްދީ އެތަކެތި ގޮއްވާލުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 20 އިން މައްޗަށްއަރައިފިއެވެ.

ލުބުނާންގެ ދެކުނުގެ ސަރަހައްދުގައި ގޮވި މި ގޮވުންތަކުގެ ސަބަބުން ގަޒިއޭ ސަރަހައްދާއި ސަރަފަންދު ސަރަހައްދުން ބަޔަކު ޒަހަމްވިއެވެ

ލުބުނާންގެ ރިޕޯޓުތައް ބުނާ ގޮތުގައި މި ގޮވުންތަކާ ގުޅިގެން މީހުން ދިރިއުޅޭ ބައެއް އެޕާޓްމަންޓުތަކުގައި އަލިފާން ރޯވެފައިވެފައިވެއެވެ. އަދި ސައިކަލް ކާތރު ފަދަ ބައެއް އުޅަނދުތަކުގައި ވެސް އަލިފާން ރޯވެފައިވާ ކަމަށް ލުބުނާންގެ ބައެއް ރިޕޯޓުތައް ބުނެއެވެ. އަދި ލުބުނާނުން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންމަގޮތުގައި ފޯނުވިއްކާ ފިހާރަތަކުގައިވެސް އަލިފާން ރޯވެފައިވެއެވެ. އަދި ކެފޭތަކުގައިވެސް ރޯވެފައިވެއެވެ.

އަދި މީގެއިތުރުން އިއްޔެ ގޮވި ގޮވުންތަކުގެ ތެރެއިން އެއް ގޮވުން ގޮވީ އަންގާރަ ދުވަހު ދިން ހަމަލާގައި މަރުވި މީހެއްގެ ޖަނާޒާގެ ތެރޭގައެވެ.

ލުބުނާނުގެ ސިއްހީ ވުޒާރާއިން ހާމަކުރި ގޮތުގައި ބުދަ ދުވަހު ހިނގި އައިކޮމް ވަޔަރލެސް މުވާސަލާތީ އާލާތްތަކުގެ ގޮވުންތަކުގައި މިހާތަނަށް 20 މީހުން މަރުވެފައިވެއެވެ. އަދި 450 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

ލުބުނާންގެ އެކި ހިސާބުތަކުގައި ހިޒްބުﷲ ޖަމާއަތުގެ މުޖާހިދުން މުއާމަލާތް ކުރަން ގެންގުޅޭ ޑިވައިސްތަކެއް ގޮއްވާލައިގެން އިއްޔެ ވެސް ވަރުގަދަ ހަމަލާތަކެއް ދިނެވެ. އިސްރާއީލުން ދިން ކަމަށް ތުހުމަތު ކުރެވޭ މި ހަމަލާތަކާ ގުޅިގެން 2،800 އަށް ވުރެ ގިނަ މީހުން ޒަހަމްވެ، ލުބުނާންގެ 12 ރައްޔިތުން މަރުވެފައިވެއެވެ. މަރުވި ރައްޔިތުންގެ ތެރޭގައި ލުބުނާންގެ އަށް އަހަރުގެ އަންހެން ކުއްޖަކާއި 11 އަހަރުގެ ފިރިހެން ކުއްޖަކު ވެސް ހިމެނެއެވެ.

އަންގާރަ އަދި ބުދަ ދުވަހު ހިނގި ގޮވުންތަކުގައި ޖުމްލަ 32 މީހުން މަރުވެ، 3،250 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

އިޒްރޭލުން މިކަމާ މެދު އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް ހަނގުރާމައިގެ އާ މަރުހަލާއެއް ފެށިފައިވާ ކަމަށް އިސްރާއީލްގެ ޑިފެންސް މިނިސްޓަރު ޔާއޯވް ގަލަންޓް މިރޭ ވަނީ ބުނެފައެވެ.

އަދި މިހާރުވަނީ ޣައްޒާގައި ހަނގުރާމަކުރަމުންދާ 98 ވަނަ ބްރިގޭޑިވެސް ލުބުނާނާއި ފަލަސްތީނު ބޯޑަރަށް ފޮނުވާފައެވެ. އަދި ޓޭންކަރުތަށްވެސް އެސަރަހަށްދަށް ގެންދާ މަންޒަރު ފޮންނަ ވާޑިއޯތަކެއްވެސް ވަނީ އާންމުކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް