އިންޑިޔާގެ ރާޑަރ ރާއްޖޭގައި ބެހެއްޓުމަކީ މުހިންމު ކަމެއް: މާރިޔާ
އިންޑިޔާގެ ކޯސްޓަލް ސަވައިލަންސް ރާޑަރ ރާއްޖޭގައި ބެހެއްޓުމަކީ މުހިންމު ކަމެއްކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުުޅުގެ ތެރެއިން އެގައުމުގެ ވިއޯން ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.
މާރިޔާ ވަނީ ރާޑަރ އިންސްޓޯލްކުރުމުގެ ޕްރޮޖެކްޓަކީ ހިނގަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ޕްރޮޖެކްޓެއްކަން ފާހަގަކުރައްވާފައެވެ. އެ ޕްރޮޖެކްްޓް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މަޑުޖެހިފައި އޮތްކަމުގައިވިޔަސް، މި ސަރުކާރުން އެ ޕްރޮޖެކްޓްއާއި އެކު ކުރިއަށްދާނެކަމުގެ ޔަގީންކަން އެކަމަނާ ވަނީ ދެއްވާފައެވެ.
މީގެ އިތުރަށް އެކަމަނާ ވިދާޅުވީ އެ ރާޑަރ ރާއްޖޭގައި ހުރުމަކީ މުހިންމު ކަމެއްގެ ކަމުގައި ދެކިވަޑައިގަންނަވާކަމަށެވެ. ރާއްޖޭގެ 99.7 އިންސައްތަ އަކީ ކަނޑުކަމުގައި ވީހިނދު، އެ ކަނޑަކީ ދިވެހި އިގްތިސާދު އޭގެ މައްޗަށް ފުރިހަމައަށް ބަރޯސާވެފައިވާ ތަނެއްކަން މާރިޔާ ވިދާޅުވިއެވެ.
އެހެންކަމުން ރާޑަރ ސިސްޓަމެއް ބަހައްޓައިފިނަމަ، ކަނޑުން މަސްބާނަން ގަވާއިދާއި ޚިލާފަށް އަންނަ ދޯނިފަހަރާއި ކަނޑުފޭރޭ ފަރާތްތައް ހުއްޓުވޭނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް