އުރީދޫގެ ފިންޓެކް ކުންފުންޏަށް ބޭރުން ފައިސާ ގެނައުމުގެ ހުއްދަ ދިނުން... ފޮޓޯ: އުރީދޫ
އުރީދޫގެ ފިންޓެކް ކުންފުންޏަށް ބޭރުން ފައިސާ ގެނައުމުގެ ހުއްދަ ދިނުން... ފޮޓޯ: އުރީދޫ
ވިޔަފާރި 17 Oct 2025 | 13:32

ޕޭޕަލް ގެނައުމުގައި އުރީދޫއަށް މިހާހިސާބަށް އާދެވުނީ ސަރުކާރުން ދިން އެއްބާރުލުމުގެ ސަބަބުން: ހާލިދު

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ގެނައުމުގައި މިއަދު އުރީދޫއަށް މިހާހިސާބަށް އާދެވުނީ ސަރުކާރުން ދިން އެއްބާރުލުމުގެ ސަބަބުންކަމަށް އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، ޚާލިދު އަލް ހަމާދީ ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ގެނައުމަށް މަސައްކަތް ކުރަމުންގެންދާކަން އުރީދޫއިން ވަނީ ހާމަކޮށް އެކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ. މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއިން ގެނެސްދިން ހޭޔަންބޯ ޕްރޮގްރާމުގައި ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހާލިދް ވިދާޅުވީ އުރީދޫއިން ޕޭޕަލްގެ ހިދުމަތް ތައާރަފްކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެ ވެގެންދާއިރު، މިކަމުގައި އަދުގެ ސަރުކާރުގެ ފަރާތުން ވަރަށް ރަނގަޅަށް އެއްބާރުލުން ދެމުންދާކަމަށެވެ.

މިގޮތުން ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ދެވޭނޭކަން ޔަގީންކަން ލިބިގެންދިޔައިރު، އެކަމުގައި އަދުގެ ސަރުކާރުން އިސްނަގައިގެން އުރޫދުއާއެކު މިހާތަނަށް ކުރި މަސައްކަތް ހާލިދުގެ ވާހަކަައިގައި ފާހަގަކުރެއްވިއެވެ.

އުރީދޫގެ ވެރިން، އިގްތިސާދީ ވަޒީރާއެކު... ފޮޓޯ: އުރީދޫ

ހާލިދު ވިދާޅުވީ ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފްކުރުމަށް މަސައްކަތްތައް ކުރަމުން ދިޔައިރު، ކުރިމަތިވި ކަންކަމުން އަރައިގަތުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއެކު ވަރަށްގާތުން ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. ހާލިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ 2.0 އަށް ވާސިލްވުމަށް ކުރެވޭ މަސައްކަތްތަކުގައި އުރީދޫއިންވެސް ދާނީ އެމަގުން ކަންކަން ކުރަމުން ކަަމަށެވެ. ޕޭޕަލް ގެނައުމަށް ކުރަންޖެހޭ މަސައްކަތް އަދިވެސް އެބަހުރިކަން ފާހަގަކުރައްވަމުން ހާލިދު ވިދާޅުވީ މިހާރު ކުރިއަށްދަނީ އެ މަސައްކަތްތައްކަމަށެވެ.

އުރީދޫ އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގެ ހިދުމަތް ލިބިގެންދާއިރު، މަރުކަޒީ ބޭންކުން ވަނީ، އުރީދޫގެ ފިންޓެކް ކުންފުންޏަށް ބޭރުން ފައިސާ ގެނައުމުގެ ހުއްދަ ރަސްމީކޮށްދީފައެވެ.

ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ގެނައުމަށް ނިންމާފައިވާކަން ހާމަކުރަމުން އުރީދޫއިން މިދިޔަ ބުދަދުވަހު ބުނެފައިވަނީ ޕޭޕަލް އާއެކު ވުމަށް ހަމަޖެހިފައިވާ މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުންނަށް ވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނޭކަަށެވެ. އަންނަ އަހަރު ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ޕޭޕަލް ޚިދުމަތާއިއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕާލް ގެ ޚިދުމަތް ގަބޫލުކުރާ ކޮންމެ ވިޔަފާރިއަކާއެކުވެސް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށްވެސް ވިޔަފާރިކޮށް، ޕޭޕަލް އަދި އެމްފައިސާ އެކްއުންޓް ތަކުން ފައިސާގެ މުއާމަލާތް ކުރެވިގެންދާނޭކަމަށް އުރީދޫއިން ބުންޏެވެ

ޕޭޕަލްގެ ހިދުމަތަކީ އެ ހިދުމަތަކަށް ދިވެހިން ވަރަށްބޮޑަށް އެދިއެދިތިބި ހިދުމަތެކެވެ. ހާއްސަގޮތެއްގައި މި ހިދުމަތް ލިބުމަކީ ދިވެހި ޒުވާނުން ވަރަށްބޮޑަށް އެދިއެދިތިބި ކަމެކެވެ. އޮންލައިން ވިޔަފާރީގެ އެންމެ ފުޅާ، ޕޭޕަލް ފަދަ ޕްލެޓްފޯމްތައް ދިވެހީންގެ އަތްމައްޗަށް ގެނެސްދެއްވައި، އުފެއްދުންތެރިކަމުގެ އިޤްތިޞާދު އިތުރަށް ފުޅާކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ.މުހައްމަދު ވަނީ މިފަހުން  ށ.ކޮމަންޑޫގައި ބޭއްވި ޖަލްސާގައިވެސް ދެއްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި
23 Sep 2026 ވިޔަފާރި

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި

އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައި...

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް
22 Sep 2026 ވިޔަފާރި

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ...

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި
17 Sep 2026 ވިޔަފާރި

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި

ޓެލެކޮމް އަދި ޑިޖިޓަލް ޕްރޮޑަކްޓުގެ ދާއިރާގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާ އަޙްމަދު ނޫމާން އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑް ގޮތުގައި އައްޔަންކޮށްފިއެވެ. ނޫމާން މީގެ ކު...

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ
07 Sep 2026 ވިޔަފާރި

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ

އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިޔަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ. 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމް...

43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ
26 Aug 2026 ވިޔަފާރި

43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ

މަސްވެރިކަމުގެ ވުޒާރާއާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކުރާ އުރީދޫ މަސް ރޭސް 2026, މި ހުކުރު ދުވަހު ކ. މާފުށީގައި ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިފަހަރުގެ މުބާރާތުގައި 16 ޓީމު ބަ...

އުރީދޫ ނޭޝަންސްއާ ގުޅިގެން ބޭއްވި ޕީއެމްއެންސީ މޯލްޑިވްސް ފޯލްގެ ގަދަ ތިން ޓީމު ސަރަޙައްދީ މުބާރާތުން ޖާގަ ހޯދައިފި
16 Aug 2026 ވިޔަފާރި

އުރީދޫ ނޭޝަންސްއާ ގުޅިގެން ބޭއްވި ޕީއެމްއެންސީ މޯލްޑިވްސް ފޯލްގެ ގަދަ ތިން ޓީމު ސަރަޙައްދީ މުބާރާތުން ޖާގަ ހޯދައިފި

އުރީދޫ ނޭޝަނާ ގުޅިގެން ބޭއްވި ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް (ޕީއެމްއެންސީ) 2026 މޯލްޑިވްސް ފޯލްގެ ޗެމްޕިއަންކަމާއި ރަނަރއަޕް މަޤާމުތައް ސިންޑިކޭޓް އެލްއެންއެން އެސްޑީއެމްޒެޑް އަދި ޑީސީއެމް ޑ...