ދިވެހިރާއްޖެ އަށާއި ސްރިލަންކާއަށް އެމެރިކާއިން ކަނޑައެޅުއްވި އައު ސަފީރު މަގާމާއި ހަވާލުވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އެމެރިކާއިން ދިވެހިރާއްޖެއާށާއި ސްރީލަންކާއަށް ކަނޑައެޅުއްވި އައު ސަފީރު އެލައިނާ ޓެޕްލިޓްޒް މިއަދު މަގާމާއި ހަވާލުވެއްޖެއެވެ.
އެމެރިކާގެ އަންޑަ ސެކްރެޓަރީ ޑޭވިޑް ހޭލް މިއަދު ވަނީ މަގާމުގެ ޒިންމާތަކާ ހަވާލުވެވަޑައިގަތުމުގެ ލިޔުން އެލައިނާ އަށް ހަވާލުކޮށްދެއްވާފައެެވެ.
އެލައިނާ އަކީ އެމެރިކާގެ ހާރިޖީ ދާއިރާގައި ވަރަށް އިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ އަދި އެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި ބޭކަނބަލެކެވެ. އެލައިނާ މީގެކުރިން ހުންނެވީ އެމެރިކާ އިން ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ. އަދި ބަންގްލަދޭޝްއާއި އަފްޣާނިސްތާނާއި ޕާކިސްތާންގައި ވެސް މީގެކުރިން އެލައިނާ މަސައްކަތްކޮށްފައިވެއެވެ.
އެމެރިކާ އިން ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައެޅުއް ސަފީރުގެ މަގާމުގައި މީގެ ކުރިން ހުންނެވީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ ހަމަޖެއްސެވި އަތުލް ކެޝަޕްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް