ޓްރެފިކް ބާރު ބޮޑުވެގެން ކާރުކޮޅު ދޫކޮއްލައްވާފަ ސްރިލަންކާގެ އެޑިއުކޭޝަން މިނިސްޓަރ ސައިކަލެއްގަ މަޖިލީހަށް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސްރިލަންކާގެ އެޑިއުކޭޝަން މިނިސްޓަރ އަކީލާ، ޓްރެފިކް ބާރު ބޮޑުވެގެން ކާރުކޮޅު ދޫކޮއްލައްވާފަ ސައިކަލެއްގަ މަޖިލީހަށް ގޮސްފިއެވެ.
"އަހަރެން އިއްޔެ މަޖިލީހުގައި ޖަވާބުދޭން ޖެހޭ 3 ސުވާލު އޮތް. މަޖިލީހަށް ދިޔުމަށްޓަކައި މެންދުރު 12 ޖެހި އިރު ގެއިން ނުކުމެގެނެ ގަޑިއިރަކަށް ވުރެ ގިނަ އިރު ޓްރެފިކްގައި ޖެހިގެން އިންނަން ޖެހުނު، އެހެންވެ މަގުމަތީގައި ދަތުރު ކުރަމުން ދިޔަ ސައިކަލަކަށް އަރައިގެން ވާރެއާތެމި ފޯވެގެން މަޖިލީހަށް ދިޔައީ" މި ހިނގާދިޔަ ކަންތައް ތަކަށްފަހު މިނިސްޓަރ އަކީލާ ވިދާޅުވިއެވެ.
ޓްރެފިކްގެ މައްސަލަ ހައްލު ކުރުމަށް މިހާރަށްވުރެ ރަނގަޅު ގޮތްތަކެއް ރާވާ އިންތިޒާމް ކުރެވެން ޖެހޭކަމަށް ވިދާޅުވެ މިނިސްޓަރ އަކީލާ ވަނީ މަޖިލީހުގައި ޝަކުވާ ދަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް