ފުވައްމުލަކުން ގެއްލިގެން ހޯދި ކުއްޖާ ފެނިއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފުވައްމުލަކު ސިޓީން ގެއްލިގެން ހޯދަމުން އައި ކުއްޖާ ފެނިއްޖެ އެވެ.
ގެއްލިގެން ހޯދީ ގުރޭޑް 10 ގައި ކިޔަވާ ކުއްޖެކެވެ. މި ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ މިރޭ 7:30 އެހާކަންހާއިރު ދަޑިމަގު ފުލެޓް ސަރަހައްދުން ކަމަށް އާއިލާ އިން ކުރީން ބުންޏެވެ.
ކުއްޖާގެ އާއިލާ އިން ދެންމެ ބުނީ ކުއްޖާ މިހާރު ފެނިފައިވާ ކަމަށެވެ. ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް