ޕިކަޕު ބެޓެރީތަކެއް ވަގަށް ނެގި ބަޔަކު ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޕިކަޕް ބެޓެރީތަކެއް ވަގަށް ނަގައިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، މިއަދު ހެނދުނު 6:54 ގައި ފަރީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހިސާބުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ތިބި ބަޔަކާމެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރި އިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 12 ޕިކަޕު ބެޓެރީ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ސ. މަރަދޫފޭދޫ / މާކަރީ ލައިޓް، ޢަލީ އަޙްސަން (32 އަހަރު) އަދި ސ. ފޭދޫ / އަނަސް، މުޙައްމަދު ނިޒާދު (43 އަހަރު) ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން މި މައްސަލަ ދަނީ ތަޙުޤީޤު ކުރަމުންނެވެ. މި މައްސަލައިގައި އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް