ވެލެންސިއާއިން މެންޗެސްޓަރ ޔުނައިޓެޑް ހިފަހައްޓައިފި
ޔުއޭފާ ޗެންޕިއަންސް ލީގުގައި ރޭ ވެލެންސިއާއިން މެންޗެސްޓަރ ޔުނައިޓެޑް ހިފަހައްޓާލައިފިއެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
ދެ ޓީމުގެ ފަރާތުންވެސް މި މެޗުގައި ފެނުނީ ދާދި ހަމަ ހަމަ ކުޅުމެކެވެ.
މި ދެޓީމުވެސް ހިމެނޭ ގުރޫޕް އެޗްގައި ކުޅުނު އަނެއް މެޗު ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފައިވަނީ ޔުވެންޓަސްއެވެ. ރޮނާލްޑޯ ނުލައި ޔުވެންޓަސް ޔަންގް ބޯއީސްއާއި ދެކޮޅަށް ކުޅުނު މި މެޗުގައި ޕައުލޯ ޑިބާލާވަނީ ހެޓްރިކް ހަދާފައެވެ. މި މޮޅާއެކު ޔުވެންޓަސް އޮތީ ކުޅުނު ދެ މެޗުން މޮޅުވެ ގުރޫޕްގެ އެއްވަނައިގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް