ފްރާންސް ގެ ކުޅުންތެރިން މެޗަށްފަހު ދަނޑުމަތީގައި...
ފްރާންސް ގެ ކުޅުންތެރިން މެޗަށްފަހު ދަނޑުމަތީގައި...
ކުޅިވަރު 20 Jul 2025 | 02:24

ޔޫރޯ ވިމެންސް 2025: ޖަރުމަނު އަތުން ބަލިވެ ފްރާންސް މުބާރާތުން ކަޓައިފި

ސްވިޒަލޭންޑްގައި މިހާރު ކުރިއަށްދާ ޔުއެފާ ވިމެންސް ޔޫރޯ ފުޓްބޯޅަ މުބާރާތް 2025 ގެ ކުއާޓާ ފައިނަލުގެ ހަތަރުވަނަ މެޗުގައި ފްރާންސާއި ޖަރުމަނު ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީފައި 6-5 ގެ ނަތީޖާއަކުން މޮޅުވެ ޖަރުމަނުން މުބާރާތުގެ ސެމީފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން ފްރާންސް ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ޖަރުމަނު ކުއާޓާ ފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ޖަރުމަނުގެ ޑިފެންޑަރު ކެތްރީން ހެންޑްރިޗް އެޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ފުރާންސްގެ ކުޅުނުތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑު ފޮނުވާލުމުގެ އިތުރުން ފްރާންސަށް ޕެނަލްޓީ އެއްވެސް ދީފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ފުރާންސަށް މެޗުގެ ލީޑު ހޯދައިދިނީ އެޓީމުގެ ޕީއެސްޖީ މިޑްފީލްޑަރު ގްރޭސް ގޯރޯ އެވެ.

ނަމަވެސް އޭގެ 10 މިނެޓްފަހުން ޖަރުމަނުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑުގެ އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޗެލްސީ މިޑްފީލްޑަރު ސްޖީކް ނަސްކަން އެވެ.

މިގެ އިތުރުން ފުރަތަަމަ ހާފުގެ 40 ވަނަ މިނެޓުގައި ފްރާންސްގެ ޑެލްފިން ކެސްކަރީނޯ އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް މޮޅަށްކުޅެ ފްރާންސް ޓީމުން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، ފަހުހާފުގެ 57 ވަނަ މިނެޓުގައި އެޓީމުގެ ގްރޭސް ގޯރޯ ވަނީ އިތުރު ލަނޑެއް ވެސް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މީގެ އިތުރުން ފަހުހާފު 69 ވަނަ މިނެޓުގައި މެޗުގެ ލީޑު ހޯދުމަށް ޖަރުމަނު ޓީމަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. ނަމަވެސް އެޓީމުގެ މިޑްފީލްޑަރު ސްޖީކް ނަސްކަން ކުރިއަށް ފޮނުވާލި ޕެނަލްޓީ ފްރާންސްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ފްރާންސް ޓީމުން ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތާއިއެކު އިތުރު ވަގުތުގެ 15 މިނެޓުގެ ދެހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިއާއެކު މެޗުގެ ނަތީޖާނެރުމަށް ޖެހި ޕެނަލްޓީގައި ޖަރުމަނުގެ ހަތް ޕެނަލްޓީގެ ތެރެެއިން ފަސް ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، ފްރާންސް އިން ޖެހި ހަތް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ ހަތަރު ޕެނަލްޓީ އެވެ.

މިއީ މުބާރާތުގައި ޖަރުމަނު އެންމެ ފަހުން ކުޅުނު 12 ފަހަރުގެ ތެރެއިން އެޓީމު ސެމީފައިނަލުން ޖާގަހޯދި 11 ވަނަ ފަހަރެވެ. އަދި މިއީ ޖެހިޖެހިގެން 11 މެޗުން މޮޅުވުމަށްފަހު މިއަހަރުތެރޭގައި ފްރާންސް މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...