ލަންކާގައި އުޅެމުންދާ ދިވެހިންގެ ހާލަތު މިދަނީ ބަލަމުން: ޚާރިޖިއްޔާ
ސްރީލަންކާގެ އެކި ސަރަހައްދުތަކަށް މިއަދު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، އެގައުމުގައި ތިބި ދިވެހިންގެ ހާލަތު ގާތުން ބަލަމުންދާކަމަށް ރާއްޖޭގެ ފޮރިން މިނިސްްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސްރީލަންކާގެ އެކި ސަރަޙައްދުތަކުގައި ބޮންތަކެއް ގޮވި ޙާދިސާގައި ދިވެއްސަކަށް އަނިޔާވިތޯ މިމިނިސްޓްރީއިން މިދަނީ ބަލަމުންކަމަށެވެ.
އެ މިނިސްޓްރީން ވަނީ މި ހަމަލާ ކުށްވެެރިކޮށްފައެވެ.
ފޮރިން މިނިސްޓްރީން ވަނީ އިމަރޖަންސީ ކޮންސިއުލަރ ޚިދުމަތް ބޭނުންފުޅުވާނަމަ ކޮންސިއުލަރ ހޮޓްލައިން 7983400 އަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މައުލޫމާތު ލިިބިފައިވާ ގޮތުގައި ބޮމުގެ ހަމަލާތައް ދީފައިވަނީ ބައެއް ޗާޗްތަކަށާއި ކޮޅުނބުގެ ފަސް ތަރީގެ ހޮޓެލްތަކަކަށެވެ.
އެގޮތުން ކޮޅުނބުގެ މަޝްހޫރު ޝަންގްރިއްލާ ހޮޓެލް ، ސިނަމަން ގްރޭންޑް އަދި ކިންގްސްބަރީގައި ބާރުގަދަ ގޮވުމެއް ގޮވާފައިވާ ކަމަށް ލަންކާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ދަނީ ރިޕޯޓްކުރަމުންނެވެ. މި ތިން ހޮޓަލަކީވެސް ގިނަ އަދަދަކަށް ދިވެހިން ގޮސްއުޅޭ ދެތަނެވެ.
މި ހަމަލާތައް ދިނީ، ޗާޗްތަކުގައި އީސްޓަރ ސަންޑޭގެ ސާރވިސް ކުރިއަށް ދަނިކޮށެވެ.
ލަންކާގެ މިނިސްޓަރެއްކަމުގައިވާ ހަރްޝާ ޑި ސިލްވާ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައިވަނީ މިހަމަލާތަކުގައި ބޭރުގެ ބައެއް ފަރާތްތައްވެސް ޒަހަމްވެފައިވާކަން ޔަގީންކޮށްދެއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް