އަމީނީމަގުގައި ފެންބޮޑުވެފައި
އަމީނީމަގުގައި ފެންބޮޑުވެފައި
ހަބަރު 01 Mar 2025 | 17:47

މާލެ ފެނުއަޑީގައި؛ ރައްޔިތުން ހާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދޭނެ: ސަރުކާރު

‏ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ޙާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާައްޖޭގެ މޫސުން ގޯހެވެ. ޚާއްސަކޮށް މާލެ ސަރަހައްދަށް މި ދެތީން ދުވަހު މޫސުން ވަރަށް ގޯހެވެ. މިއަދާ މިރޭ ކުރި، ކުރަމުންދާ ވިއްސާރާގައި މާލޭގެ ބޮޑު ސަރަހައްދެއް ގައި ވަނީ ފެން ބޮޑުވެފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެންހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަަަސައްކަތްދަނީ ކުރަމުން ކަމަށެވެ.

‏އަދި ވިދާޅުވީ ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ޙާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ޚާއްޞަ ސަމާލުކަމަކާއެކު ދަނީ ކުރިއަށް ގެންދަވަމުން ކަމަށެވެ.

ވިއްސާރަވެ ފެންބޮޑުވުމާއި ގުޅިގެން ދަތުރުފަތުރަށް ބުރޫއަރާ އާންމުންނަށް ވަނީ ދަތިވެފަ އެވެ. މަގުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް ވެސް ވަނީ ގެއްލުން ވެފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިއްފުށީފަޅުގެ އެއްބަސްވުން ބާތިލްކުރީ ޤާނޫނާ ޚިލާފަށް، އަނބުރާ ހަވާލުކުރަން ހައިކޯޓުން ޙުކުމްކޮށްފި
03 Nov 2026 ހަބަރު

ދިއްފުށީފަޅުގެ އެއްބަސްވުން ބާތިލްކުރީ ޤާނޫނާ ޚިލާފަށް، އަނބުރާ ހަވާލުކުރަން ހައިކޯޓުން ޙުކުމްކޮށްފި

ވިޔަފާރިވެރިޔާ ޙާމިދު އިސްމާޢީލަށް 2015 ވަނަ އަހަރު، 50 އަހަރުގެ މުއްދަތަކަށް ދިއްފުށިފަޅު ކުއްޔަށް ދޫކުރީ، އޭގެ ކުރިން 'ޑީޑް އޮފް އެސައިންމެންޓް' އެއްގެ ދަށުން އޭނާއަށް ލިބިފައިވާ ކ. ކާށިދުއްފަރު ފަޅުގެ ބަދަލުގައެވެ. ނަމަވެސް، 2017 ވަނަ އަހަރު ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފައެވެ. ސަރުކާރުގެ އެ ނިންމުމާ ގުޅިގެން ޙާމިދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ ކޯޓުން އޭރު ނިންމީ ސަރުކާރުން އެއްބަސްވުން ބާތިލްކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ނޮވެމްބަރު ތިނަކީ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތުވެގެންދިޔަ ދުވަހެއް: ރައީސް މައުމޫން
03 Nov 2026 ހަބަރު

ނޮވެމްބަރު ތިނަކީ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތުވެގެންދިޔަ ދުވަހެއް: ރައީސް މައުމޫން

މިއަދު ފާހަގަކުރަމުންދާ ނޮވެމްބަރު ތިނެއްގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ދެއްވި ޚާއްޞަ މެސެޖެއްގައި ވިދާޅުވީ، މިއަދަކީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމީ ޝުޢޫރުތައް އުތުރިއަރައިގެންދާ ފަދަ ތާރީޚީ މުހިންމު ދުވަހެއް ކަމަށެވެ. އަދި މިއީ ދިވެހިންގެ ކެރުމާއި، ހިތްވަރާއި، ފަންވަރު އެންމެ ފުރިހަމަ ގޮތުގައި މުޅި ދުނިޔެއަށް ވިދާ ބަބުޅައިގެން ދިޔަ ދުވަހެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި
03 Nov 2026 ހަބަރު

ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި

ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.

ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެއްޖެ
03 Nov 2026 ހަބަރު

ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެއްޖެ

ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ ސްކޭމް މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 25 އިން ފެށިގެން 31 ގެ ނިޔަލަށް ހުށަހެޅުނު ސްކޭމްގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތްތަކެވެ. އެގޮތުން އެ މުއްދަތުގައި ރިޕޯޓުކުރި ޖުމްލަ 32 މައްސަލައިގެ ތެރެއިން 17 މައްސަލައަކީ ބޭރު ފައިސާ މާރުކުރުމާ ގުޅޭ މައްސަލަތަކެވެ.

ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފޮނުއްވައިފި
03 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފޮނުއްވައިފި

ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ސިފައިންނަށާއި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތަށް ކޮންސްޓަބަލުން ހޯދަނީ
03 Nov 2026 ހަބަރު

ދިވެހި ފުލުހުންގެ ހިދުމަތަށް ކޮންސްޓަބަލުން ހޯދަނީ

މި މަޤާމަށް ހޮވޭ މުވައްޒަފަކަށް މަހަކު ޖުމްލަ 15،500 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ. މީގެ ތެރޭގައި 8،990 ރުފިޔާގެ އަސާސީ މުސާރައަކާއި، 6،510 ރުފިޔާގެ މަޤާމުގެ އެލަވަންސެއް ހިމެނެއެވެ. މިއަދަދުގެ އިތުރުން، ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެމަތިން އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައްވެސް ލިބިގެންދާނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ލިބޭ ފައިސާ ދަށްވާނޭކަމަށް ލަފާކޮށްފި
03 Nov 2026 ހަބަރު

ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ލިބޭ ފައިސާ ދަށްވާނޭކަމަށް ލަފާކޮށްފި

ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓް ތަފްސީލްތަކަށް ބަލާއިރު، ކުރިއަށްއޮތް 2027 އަހަރު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭނޭކަމަށް އަންދާޒާކުރާ އަދަދަކީ 188.5 މިލިއަން ރުފިޔާއެވެ

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
03 Nov 2026 ހަބަރު

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އެންމެ މުހިންމު ދެ ޝަރުތަކީ ދިވެއްސަކަށްވުމާއި ކުންފުނީގެ ހިއްސާދާރަކަށް ވުމެވެ. މީގެ އިތުރުން އުމުރުން 30 އަހަރުވުމާއި، ކުންފުނީގެ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ވުމާއި މާލީ ރިޕޯޓްތައް ދިރާސާކުރުމުގެ ގާބިލްކަންވެސް ހުންނަން ޖެހެއެވެ. މީގެ އިތުރުންވެސް އެކުންފުނިން ވަނީ ހުންނަންޖެހޭ ޝަރުތުތައް އާންމުކޮށްފައެވެ.