ގަރުދިޔަ އާއި ބަތް: ފޮޓޯ/ އަބްދުالله އަބީދު ޓުވިޓާ
ގަރުދިޔަ އާއި ބަތް: ފޮޓޯ/ އަބްދުالله އަބީދު ޓުވިޓާ
ލައިފްސްޓައިލް 16 Jul 2024 | 04:02

މިއަދު މެންދުރު ކެއުމަށް ގަރުދިޔައާއި އާދައިގެ ބަތް ކިހިނެއް ވާނެ؟ މިއޮތީ ރެސިޕީ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ގަރުދިޔަ އާއި ބަތަކީ ޒަމާނުއްސުރެ ދިވެހިންގެ ކެއުމުގައި ހިމަނަމުން އަންނަ ސިއްޙީ އެތަކެއް ފައިދާތައް ހުރި ކެއުމެކެވެ. މިއީ ތައްޔާރު ކޮށްލަންވެސް އެހާ އުނދަގޫ ކެއުމެއް ނޫނެވެ. ބޭނުންވާ ތަކެތިވެސް އެހާމެ މަދެވެ.

ބަތް ކައްކަން ބޭނުންވާ ތަކެތި

1 ލާހި ހަނޑޫ

ފެން

ލޮނު

ތެޔޮ ފޮދެއް

ތައްޔާރު ކުރާނެ ގޮތް

ހަނޑޫ ރަނގަޅަށް ދޮވެލުމަށްފަހު ރައިސް ކުކަރުގެ ތެއްޔަށް ލުހެލުމަށްފަހު، ފެން އަޅާލާށެވެ. ފެން ހުންނަންވާނީ ހަނޑުލުގެ މައްޗަށް ގާތްގަނޑަކަށް 1-2 އިންޗީގައެވެ.

ދެން ގާތްގަނޑަކަށް އެއް ސައިސަމުސާ ލޮނު އަދި ކުޑަ ތެޔޮ ފޮދެއް އެޅުމަށްފަހު ކުކަރަށް ލައިގެން ކައްކާލާށެވެ. ކުކަރު ނެތް ނަމަ، ދަރު އުނދުނުގައި ނޫނީ ގޭސް އުނދުނުގައިވެސް ކެއްކި ދާނެއެވެ. ނަމަވެސް ދުން ގަނޭތޯ އިރު އިރުކޮޅުން ބަލަންވާނެއެވެ.

ގަރުދިޔަ ކައްކަން ބޭނުންވާ ތަކެތި

މެދު ސައިޒުގެ ކަނޑު މަހެއް ނުވަތަ، ކުރުމަސް (ތިން އިންޗި ދިގުމިނަށް ކޮށާފައި)

ފެން

ލޮނު

1/2 ފިޔާ (ބޭނުން ނަމަ)

ހިކަނދިފަތް (ބޭނުން ނަމަ)

ހިކި މިރުސް (ބޭނުން ނަމަ)

ތައްޔާރު ކުރާނެ ގޮތް

ފެން ކައްކަން އުދުމަށްފަހު ލޮނުވެސް ފެނަށް އަޅާލާށެވެ.

ދެން ފެން އެތި ހޫނުވުމުން، މަސް ކޮޅު އަޅާލާށެވެ. ފެން ހުންނަންވާނީ މަސްތައް އެއްކޮށް ފޮރުވޭ ވަރަށެވެ. (އުނދުނުގެ ގިނި ބަހައްޓާނީ އާދައިގެ ވަރަކަށެވެ)

މަސް އެޅުމަށްފަހު، ރަނގަޅަށް ގަރު ނަގަން ހަނދާން ކުރަންވާނެއެވެ. ގަރުތައް ނަގައި ނިމުމުން، ބޭނުން ނަމަ، ފިޔާ، މިރުސް އަދި ހިކަނދިފަތް އަޅާލާށެވެ.

ދެން މަޑު ގިނީގައި ފަސް ވަރަކަށް މިނެޓް ކައްކާލުމަށްފަހު ލޮނު ހެޔޮވަރު ކޮށްލާށެވެ. ގަރުދިޔަ އެހުރީ ކެކިފައެވެ.

ގަރުދިޔައާއި ބަތް، ތެލުލި ފަތާއި އެކު، ނުވަތަ ލޮނުމިރުސް، ނޫނީ ގިތެޔޮ މިރުހާއެކުވެސް ވަރަށް މީރުވާނެ އެވެ. ފިހުނު ލޮނުމެދާއި، ފިޔާ ކޮޅަކާއި، ލުނބޯ ހުތް ކޮޅެއް އަދި އަސާރަ ކަހަލަ އެއްޗެއް އަޅައިގެން ކާންވެސް ބަރާބަރުވާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...