ވައިގަދަވެ ކަނޑުތައްގަދަވާނެ ކަމަަށް ލަފާކޮށް ބައެެއް ސަރަހައްދަށް ހުދު ސަމާލު ނެރެފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ޅ އަތޮޅުން މ އަތޮޅަށެވެ. އެ ސަރަހައްދަށް ހުދު ސަމާލު ނެރުނީ، 8:00 އިން އިިން 15:00 އަށެވެ.
މެޓުން ބުނީ މި ވަގުތުތަކުގައި މި އަތޮޅުތަކުގެ ރަށްތަކަށް 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނެއްގައިވައިޖެހި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
މިއަދުގެ އިރުއޮއްސި 6:00 އާ ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، މެދުރާއްޖެ ތެރޭގެ އެކި ހިސާބުތަކަށް އިތުއުތުރާއި އިރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރު މިނުގައިވައިޖެހޭނެ ކަމަށެވެ.
އަދި އުތުރުގެ އަތޮޅުތަކުގައި ކަނޑުތައް މަޑުވާނެ ކަމަށާ، ދެކުނުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާ އެހެން ހިސާބުތަކަށް ގަދާވަނެ ކަމަށް ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް