ކައުންސިލްތަކުގެ އިންކުއަރީގެ ސަމަރީ ރިޕޯޓް އާންމު ކުރަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ކައުންސިލްތަކުގެ އިންކުއަރީގެ ސަމަރީ ރިޕޯޓް އާންމު ކުރަން ނިންމައިފި އެވެ.
ސިޓީސްތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވީ އެލްޖީއޭ އިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ސަމަރީ ރިޕޯޓްތައް ކުރިމަގުގައި އާންމުކުރާ ގޮތަށް ހަމަޖައްސައިފި ކަމަށެވެ.
އެކަމުގެ މުހިންމު ތިން ބޭނުމެއް ވަޒީރު ވިދާޅުވެ ދެއްވި އެވެ.
އެއް ބޭނުމަކީ އެލްޖީއޭގެ ޓްރާސްޕޭރަންސީ އިތުރު ކުރުމުން ކަމަށް ވިދާޅުވި އެވެ. އަނެއް ބޭނުމަކީ ކައުންސިލްތަކުން ޖަވާބުދާރީވުމާއި ޒިންމާދާރުވުން އިތުރު ކުރުމަށް މަގުފަހިކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވި އެވެ. މީގެ އިތުރުން ގުޑް ގަވާނަންސްގެ ހަމަތައް ދަމަހައްޓަން މަގުފަހިކޮށްދިނުމަކީ ވެސް ބޭނުމެއް ކަަމަށް ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް