މެރެޑޯނާގެ ވާހަކަތަކަށް މެސީގެ އާއިލާއިން ރައްދު ދީފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
1986 ވަނަ އަހަރު އާޖެންޓީނާއަށް ވޯލްޑް ކަޕް ހޯދަ ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ޑިއޭގޯ މެރެޑޯނާ، އާޖެންޓީނާ އަދި ބާސެލޯނާގެ ތަރި މެސީއާއި ބެހޭ ގޮތުން މީޑިއާގައި ދައްކާފައިވާ ވާހަކަތަކަށް މެސީގެ އާއިލާ މެންބަރެއް ރައްދު ދީފިއެވެ.
ފޮކްސް ސޯޕްޓްސްއަށް ދިން އިންޓަވިއު އެއްގައި މެރެޑޯނާ ބުނެފައިވަނީ ބާސެލޯނާގައި ދައްކާ މޮޅު ކުޅުން މެސީ އަށް އާޖެންޓީނާގައި ނުދެއްކޭ ކަމަށާއި މެޗެއް ފެށުމުގެ ކުރިން 20 ފަހަރު ފާހާނާއަށް ދާން ޖެހޭ މީހެއް ލީޑަރަކަށް ހެދުމަކީ ބޭކާރު ކޮށްލެވޭ ވަގުތު ތަކެއް ކަމަށެވެ.
މެރެޑޯނާ އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުކަމާއި ހަވާލުވެގެން ހުރިނަމަ މެސީ ގައުމީ ޓީމަށް ނުނަގާނެ ކަމަށްވެސް ބުނެފައިވެއެވެ.
މިވާހަކަތަކާއި ގުޅޭ ގޮތުން މެސީއާއި ދެބެންގެ ދެދަރި މެކްސީ ބިއާނުޗީ ބުނެފައިވަނީ މެރެޑޯނާގެ މި ވާހަކަތަކުން އިނގޭކަމަކީ އޭނާއަށް ތަންދޮރު ނޭނގޭކަން ކަމަށާއި މިވަގުތު އާޖެންޓީނާގެ ހުރި އެންމެ މޮޅު ކުޅުންތެރިޔާ އާއި ބެހޭ ގޮތުން އެކަހަލަ ވާހަކަ ދެއްކުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
މެރެޑޯނާ މިވާހަކަތައް ދައްކާފައިވަނީ އާޖެންޓީނާގެ ގައުމީ ޓީމު އަލުން ބިނާކުރުމަށް އެހީތެރިވެދޭން ޖެހޭ ދަނޑިވަޅެއްގައި ކަން ވެސް އޭނާ ފާހަގަ ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް