ބިދޭސީ ޓީޗަރަކު ކަނޑޫދޫ ދަރިވަރެއްގެ އިނގިލި އަނބުރާލާ ހުޅުން ނައްޓާލި މައްސަލައެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ބިދޭސީ ޓީޗަރަކު ކަނޑޫދޫ ދަރިވަރެއްގެ އިނގިލި އަނބުރާލާ ހުޅުން ނައްޓާލައިފި އެވެ.
އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 10:55 ހާއިރު ކަމަށެވެ. ކަނޑޫދޫ ސުކޫލުގެ ބިދޭސީ ޓީޗަރަކު ވަނީ އެ ދަރިވަރުގެ އިނގިލި އަނބުރާލާ ހުޅުން ނައްޓާލާފަ އެވެ.
އަނިޔާ ލިބުނު ދަރިވަރަށް މިވަގުތު ވޭމަންޑޫ ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލާގައި މީހަކު ހައްޔަރު ނުކުރާ ކަމަށާ ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.
ބިދޭސީ ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް އަނިޔާ ކުރުމުގެ މައްސަލަތަކާއި ދިވެހީންގެ އަގީދާއާ ފުށުއަރާ ކަންކަން ކިޔައިދިނުމުގެ މައްސަލަތަކާއި ވިޔާނުދާ ކަންކަމަށް ދައުވަތު ދިނުން ފަދަ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް