N/A
N/A
ހަބަރު 04 Nov 2018 | 07:50

ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އާޒިމާ ފާޑުވިދާޅުވެއްޖެ

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އެހެންފަހަރުތަކުވެސް ކަންކަން ކުރާ އުސޫލުން ގާސިމް އިބްރާހީމް އައްޔަނުކުރުމުން އޭނަ ޝަރުތު ހަމަވޭތޯ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއަޒް މިނިސްޓަރު އަދި ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝުކޫރު ސުވާލު އުފައްދަވައިފި އެވެ.

އާޒިމާ މިކަމާ ސުވާލު އުފެއްދެވީ އޭނާ ރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ.

ފޭސްބުކް ޕޯސްޓްގައި އާޒިމާ ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާ ނުކުރެއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މަގާމުގެ ޒިންމާތައް ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ.

އެހެންކަމުން ޤާނޫން އަސާސީއިން ސާފުކޮން އެނގެން އޮންނަގޮތުގައި ރައީސުލް ޖުމުހޫރިއްޔާގެ ޒިންމާތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވާ ބޭފުޅަކީ ވެސް ރައީސުލް ޖުމުހޫރިއްޔާގެ ޝަރުތުތައް ހަމަވާބޭފުޅާކަށް ވާންޖެހޭ ކަމަށް އާޒިމާގެ ޕޯސްޓުގައި ވިދާޅުވެއެވެ.

އަދި ގާސިމް އިބްރާހީމް އަކީ އުމުރުގެ ގޮތުން 65 އަހަރުވެފައިވާ މީހަކަށްވާތީ ގާސިމް އަށް ރައީސުލް ޖުމްހޫރިއްޔާގެ ޒިންމާ ތަކާއި މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ވެސް އަދައެއް ނުކުރެއްވޭނެ ކަމަށެވެ.

"އެހެން ކަމުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބު ކުރެވުނު ބޭފުޅާގެ އުމުރުން 65 އަހަރު ފުރިފައިވާތީ، އޭނާ އަށް ރައީސުލް ޖުމްހޫރިއްޔާގެ ޒިންމާ ތަކާއި މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ވެސް އަދައެއް ނުކުރެއްވޭނެ." އާޒިމާގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

މީގެއިތުރުން ދައުލަތުގެ ތިންބާރުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ފިޔަވައި އިންތިޚާބީ މަގާމެއްގައި ހުންނެވި ބޭފުޅަކީ މަޖިލީހުގެ ރައީސް ކަމަށްވާތީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު ތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ފަރާތަކީ އެއީ ކަމަށް އާޒިމާ ސިފަކުރެއްވިއެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ގެ މަސްއޫލިއްޔަތު ތަކާ ހަވާލުވަޑައިގެންނެވުމުގެ ޝަރުތުތައް މަޖިލީހުގެ ރައީސްގެ ކިބައިގައި ނެތިގެން، މަޖިލީހުގެ ނައިބު ރައީސް އެ މަސްއޫލިއްޔަތު ތަކާ ހަވާލުވެވަޑައިގަންނަވާ ނަމަ މަޖިލީހުގެ ނައިބު ރައީސް މަޖިލީހުގެ ރައީސަށް ވުރެ ސީނިއަރ ވަނީތޯ ވެސް އެއީ ބަހުސް ކުރެވޭ މައްސަލައެއް ކަމަށް އާޒިމާ ވިދާޅުވިއެވެ.

އަދި މަޖިލީހުގެ ރައީސް ހުންނަވަނިކޮށް ނައިބު ރައީސަށް، ރައީސްގެ ޒިންމާތަކާ ހަވާލުވެވަޑައިގެންނެވިދާނެތޯ ވެސް އާޒިމާ ވަނީ ސުވާލު އުފައްދަވާފަ އެވެ.

މި މައްސަލައިގެ ބައެއް ސުވާލު ތަކަކީ ގާނޫނު އަސާސީން ޖަވާބު ނުލިބޭ ސުވާލުތަކެއް ކަމަށާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް މި ކަމުގައި މަޖިލީހަށް ލަފައެއް ދެއްވައިގެން ނަމަވެސް ގޮތެއް ނިންމަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ގާނޫނު އަސާސީގައި ބުނާ ވަކި ހާލަތު ތަކެއް މެދުވެރިވެއްޖެ ނަމަ ރައީސުލްޖުމުހޫރިއްޔާގެ މަސްއޫލިއްޔަތު ތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ބޭފުޅެކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއެވެ.

ހަމައެހެންމެ ގާނޫނު އަސާސީގައި ބުނާ ރައީސުލް ޖުމްހޫރިއްޔާގެ ޝަރުތުތައް، ވަގުތީ ގޮތުން ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު ތަކާ ހަވާލުވެވަޑައިގަންނަވާ ބޭފުޅެއްގެ ހުރުން ގާނޫނު އަސާސީން ލާޒިމް ކުރެއެވެ.

މަޖްލީހުގެ ރައީސްކަމަށް ފަހުން އިންތިހާބްވި ގާސިމް އިބްރާހިމް އަކީ ރައީސުލް ޖުމްހޫރިއްޔާގެ ޝަރުތުތައް ހަމަނުވާ ބޭފުޅެއްކަމުން އެބޭފުޅާ މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބު ކުރެވިދާނެތޯ ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...